އަނެއްކާވެސް ކޮވިޑް ގައި މީހަކު މަރުވެއްޖެއެވެ. މިފަހަރު މަރުވީ ހއ. ދިއްދޫގައި ހުންނަ އަތޮޅު ހޮސްޕިޓަލަށް ގެންދިޔަ ބަލި މީހެކެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންޖީން ބުނީ ދިއްދޫގައި ހުންނަ އަތޮޅު ހޮސްޕިޓަލަށް ގެންދިޔަ އުމުރުން 83 އަހަރުގެ އަންހެނަކު މަރުވެފައި ވާ ކަމަށެވެ. އޭނާ މަރުވީ މިއަދު ހެނދުނު ކަމަށާއި، އެއީ ކޮމިޑުގައި ރާއްޖެއިން މަރުވި 94 ވަނަ މީހާ ކަމަށެވެ.

ކޮވިޑް ޖެހިގެން ރާއްޖޭގައި ރެއާއި މިއަދު އިތުރު މީހަކު ވަނީ މަރުވެފައެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީން ބުނީ ރޭ މަރުވެފައި ވަނީ 63 އަހަރުގެ މީހެއް ކަމަށާއި މިއަދު މަރުވި އަނެއް މީހާއަކީ އުމުރުން 87 އަހަރުގެ މީހެއް ކަމަށެވެ.

ރޭ 12 ޖަހަން އުޅެނިކޮށް މަރުވި 63 އަހަރުގެ މީހާއަކީ އަންހެނެކެވެ. އޭނާ މަރުވީ ދަރުމަވަންތަ ހޮސްޕިޓަލުގެ ޑީއެޗް 11 ގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުން ދަނިކޮށެވެ. އޭނާ މަރުވީ ރޭ 11:53 ކަން އިއުލާން ކުރީ ރޭ 1 ޖަހަނިކޮށެވެ. އެއީ ކޮވިޑްގައި މަރުވި 92 ވަނަ މީހާ ކަމަަށް އެޗްޕީއޭއިން ބުނެއެވެ.

މިއަދު މަރުވި 87 އަަހަރުގެ މީހައަކީ ފިރިހެނެކެވެ. އޭނާ މަރުވީ ކޮވިޑަށް ފަރުވާ ދެމުން ދަނިކޮށް ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ދަންވަރު 1:39 ގައެވެ. މިއީ ކޮވިޑްގައި ރާއްޖެއިން މަރުވި 93 ވަނަ މީހާއެވެ.

ރާއްޖޭގައި ކޮވިޑުގެ ހާލަތު ގޯސްވެފައި ވާއިރު ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެން 290 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ. އަދި ވެންޓިލޭޓަރުގައި 7 މީހަކު އެބަ އޮތެވެ.