މިއަދު 1216 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސި (އެޗްޕީއޭ) އިން ހާމަ ކޮށްފިއެވެ.
އިއްޔެގެ އިރު އޮއްސި 6 އިން މއިަދުގެ 6 އާ ހަމައަށް އެއްކޮށްފައިވާ ހިސާބުތަކާ ހަވަލާދީ އެޗްޕީއޭއިން ބުނީ ކޮވިޑް ބަލި ޖެހުނު 1216 މީހުންގެ ތެރެއިން 1013 މީހުންނަކީ މާލޭ ސަރަހައްދުން ބަލި ޖެހުނު މީހުންނެވެ. މިއަދު ޕޮޒިޓިވި މީހުންގެ ތެރެއިން 201 މީހުން ޕޮޒިޓިވްވީ އަތޮޅުތަކުގެ ތެރެއިންނެވެ. ރިސޯޓްތަކުން 01 އަދި ލިވަބޯޑަކުން 01 އަކު ޕޮޒިޓިވް ވެފައި ވެއެވެ.
މިދިޔަ 24 ގަޑިއިރުތެރޭ ނެގި ސާމްޕަލްތަކުގެ ތެރޭގައި 4500 ސާމްޕަލް ޓެސްޓް ކޮށްފައި ވެއެވެ. މިއަދު ޕޮޒިޓިވް ވި މީހުންނާއެކު މިއަދު ރާއްޖޭގެ ޖުމްލަ ވަނީ 41،308 އަށް އަރާފައެވެ.
ވޭތުވެ ދިޔަ 12 ދުވަހުގެ ކޮވިޑް ކޭސްތަކާއި މަރުވި އަދަދުތައް:
- މެއި 12 - 1572 ޕޮޒިޓިވް ކޭސް، 0 މަރު
- މެއި 11 - 1501 ޕޮޒިޓިވް ކޭސް، 0 މަރު
- މެއި 10 - 1204 ޕޮޒިޓިވް ކޭސް، 3 މަރު
- މެއި 9 - 1091 ޕޮޒިޓިވް ކޭސް، 0 މަރު
- މެއި 8 - 590 ޕޮޒިޓިވް ކޭސް، 1 މަރު
- މެއި 7 - 766 ޕޮޒިޓިވް ކޭސް، 1 މަރު
- މެއި 6 - 703 ޕޮޒިޓިވް ކޭސް، 5 މަރު
- މެއި 5 - 734 ޕޮޒިޓިވް ކޭސް، 3 މަރު
- މެއި 4 - 601 ޕޮޒިޓިވް ކޭސް، 0 މަރު
- މެއި 3 - 585 ޕޮޒިޓިވް ކޭސް، 0 މަރު
- މެއި 2 - 508 ޕޮޒިޓިވް ކޭސް، 0 މަރު
- މެއި 1 - 402 ޕޮޒިޓިވް ކޭސް، 1 މަރު
މިއަދުވެސް ގިނަ އަދަދެއްގެ ބަޔަކު ޕޮޒިޓިވް ވި އިރު، ރާއްޖެއިން ކޮވިޑް ޖެހި ރަނގަޅުވި މީހުންގެ ޖުމްލަ ވަނީ 27،428 އަށް އަރާފައެވެ. އަދި ހޮސްޕިޓަލް ތަކުގައި އެޑްމިޓް ކޮށްގެން 259 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ.
ރާއްޖޭގެ ބައެއް ރަށްރަށުގެ އިތުރުން މާލެ ސަރަހައްދުގައި ހަވީރު 4 އިން ފަތިހު 4 އަށް ވަނީ ކާފިއު ހިންގާފައެވެ.