މާލޭގައި ކޮވިޑް-19ގެ ކޭސްތައް އިތުރުވުމާ ގުޅިގެން ޕާކުތަކާއި މައިދާންތައް ބަންދު ކުރުމަށާއި އަދި ކުޅިވަރުތައް ކުޅުން ހުއްޓާލަން އަންގައިފިއެވެ.
މިހާރު އެޗްއީއޯސީން ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، މާލެ ސަރަހައްދުގައި ކޮވިޑް-19 ފެތުރުން އިތުރުވެފައި ވާތީ އެޗްޕީއޭއިން ފިޔަވަޅުތައް ވަރުގަދަ ކުރުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން މި މަހުގެ 5 ވަނަ ދުވަހުން ފެށިގެން މި މަހުގެ 15 ވަނަ ދުވަހާ ހަމައަށް ޕާކުތަކާއި މައިޒާން ތަކަށް މީހުން ޒިޔާރަތް ކުރުން ހުއްޓާލުމަށް އަންގާފައި ވެއެވެ.
ހަމައެއާއެކު ހާއްސަ ހުއްދައެއްގެ ދަށުން ފިޔަވައި ކުޅިވަރު ކުޅުމާއި ކުޅިވަރު މުބާރާތްތައް ބޭއްވުން ވެސް ހަމަ އެ ތާރީހުން ފެށިގެން ވަނީ މަނާކޮށްފަ އެވެ.
މާލޭ ސަރަހައްދުގައި ކޮވިޑް ކޭސްތައް އިތުރުވަމުން ދާއިރު އެޗްޕީއޭ އިން އަޅާފައިވާ އިތުރު ފިޔަވަޅުތަކުގެ ތެރޭގައި މި މަހުގެ 5 ވަނަ ދުވަހުން ފެށިގެން މި މަހުގެ 15 ވަނަ ދުވަހަށް ހުރިހާ ސްކޫލްތަކެއް ވެސް ވަނީ ބަންދު ކޮށްފައެވެ. އަދި ދަރިވަރުންގެ ކިޔެވުން އޮންލައިންކޮށް ކުރިއަށް ގެންދާ ގޮތަށް ވަނީ ހަމަޖައްސާފައެވެ.
މީގެ އިތުރުން މާލެ ސަރަހައްދުގައި ރޭގަނޑު 12:00 އިން ފަތިހު 4:00 އަށް މާލޭ ސަރަހައްދުގައި އެއްގަމު އުޅަނދު ދުއްވުން ވަނީ މަނާކޮށްފައެވެ.
ކުޅެވޭ ކުޅިވަރު ތައް ސާމިސޯޅި ، ގޭގަ ދޮންވެލި އޮތިއްޔާ އަކުން ބަކުން، ތިންހަމަ.