ވެކްސިން ޖަހަން ކިއު ނަންބަރު ދޫކުރުމަށް ފަހު ވަކި ހިސާބަކުން މާލޭގެ ވެކްސިން ސެންޓަރު ބަންދު ކުރުމުން ވެކްސިން ޖަހަން ދިޔަ މީހުން އިހުތިޖާޖު ފަށައިފިއެވެ.

މިހާރު ސޯޝަލް ސެންޓަރުގައި ހުރި "ދަ ޕްރެސް" ގެ ނޫސްވެރިޔާ ބުނީ، މަސްރަހު ގޮސްވެ އިހުތިޖާޖު ފެށީ، ވެކްސިން ޖަހަން ނަންބަރު ދޫކޮށްފައި ވަކި ހިސާބަކަށް ދިޔަ ތަނުން ކުއްލި އަކަށް ދޮރުތައް ލައްޕާ ފުލުހުން ސެކިއުރިޓީ ބަލަހައްޓަން ފެށުމުން ކަމަށެވެ.

"ބައެއް މީހުން ބުނަނީ ވެކްސިން ހުސްވެގެން އުޅޭ ކަމަށް"
ދަ ޕްރެސް ނޫސްވެރިޔާ
https://youtu.be/QOWl52cUuYo

ނޫސްވެރިޔާ އިތުރަށް ބުނީ އެތަނަށް އެއްވެފައި ތިބި މީހުން މިހާރު ސޯޝަލް ސެންޓަރު ދޮރުމަތީގައި ހުންނަ ޓެންޓް ތެރޭގައި ގޮނޑި އަތުރައިގެން އިށީންނަން ފަށައިފި ކަމަށާއި، މިހާރު ކިޔަމުން ދަނީ ޓޯކަން ކަރުދާސްކޮޅުގައި ސްޓޭމްޕެއް ޖެހުމަށް ފަހު މާދަމާ އަންނަން މީހުން ފޮނުވާލަން އުޅޭ ކަމަށެވެ.

އެއްވެފައި ތިބި މީހުން ޓެންޓް ތެރޭގައި ގޮނޑި އަތުރައިގެން އިށީންނަނީ / ފޮޓޯ: ދަ ޕްރެސް

މިރޭ އެންމެ ފަހުން ލިބުނު މައުލޫމާތަށް ބަލާއިރު މިރޭ ގިނަ އަދަދެއްގެ ކިއު ނަންބަރު ވަނީ ދޫކޮށްފައެވެ. އަދި މިރޭ ހިދުމަތ ދީފައި ވަނީ 2341 ވަނަ ކިޔު ނަންބަރާ ހަމައަށެވެ.

މައުލޫމާތު ލިބިފައި ވާ ގޮތުގައި މައްސަލަ ހޫނުވީ، ގިނަ އަދަދެއްގެ ބަޔަކު ބޭރުގައި ތިއްބާ މިރެއަށް ވެކްސިން ހުންޓާލުމުންނެވެ. މިހާރު ބޭރުގައި ތިބި އެންމެނަށް ވެކްސިން ޖަހަން ފުރާ ފޯމް ދިނުމަށް ފަހު ފުރައިގެން މާދަމާ ރޭ 8:45 އަށް ދިއުމަށް އައުމަށް ބުނެ ފޮނުވާލައިފިއެވެ.

މިރޭ ވެކްސިން ނުޖެހި 200 އަށް ވުރެ ގިނަ މީހުން ބޭރުގައި އިހުތިޖާޖު ކުރިއެވެ.