އައިފޯން 12 ގެންގުޅޭ އުރީދޫ ޕޯސްޓްޕެއިޑް އަދި ޕްރިޕެއިޑް ކަސްޓަމަރުންނަށް މާލޭގެ ގިނަ ސަރަހައްދުތަކެއްގައި 5ޖީގެ ހަލުވި ސްޕީޑް މިހާރު ލިބޭނެ ކަމަށް އުރީދޫން ބުނެފިއެވެ.

އުރީދޫން ބުނީ 5ޖީ ގެ ހިދުމަތް ލިބިގަތުމަށް އައިފޯން 12 ގެންގުޅޭ ފަރާތްތަކުން އައިއޯއެސް 14.5 ނުވަތަ އެއަށްވުރެ ފަހުގެ ސޮފްޓްވެއާ އަކަށް އަޕްޑޭޓް ކުރުމުން ހިދުމަތް ލިބޭނެ ކަމަށެވެ.

އުރީދޫ 5ޖީ ނެޓްވޯކް އާއެކު 5ޖީ ހޯމް ބްރޯޑްބޭންޑްގެ ހިދުމަތް 2021ގެ ޑިސެމްބަރު މަހު މާލޭގެ ބޮޑު ސަރަހައްދަކަށް ތައާރަފްކޮށްފައިވާއިރު އުރީދޫން ބުނީ އޭގެ ތެރޭގައި ގިނަ ވިޔަފާރިތައް ހިންގާ ސަރަހައްދުތައް، ހޮސްޕިޓަލް އަދި އާންމުން ދިރިއުޅޭ ސަރަހައްދުތައް ހިމަނާފަވާ ކަމަށެވެ.

އުރީދޫން ބުނީ 5ޖީ ޓެކްނޮލޮޖީ އާއި އެކު ލިބިގެންދާ ހައިސްޕީޑްގެ އިތުރުން އިންޓަނެޓާއި ކަނެކްޓްކުރުމުގައި ދިމާވާ ލަސްތައް ވެސް އެތައް ގުނައަކަށް ކުޑަވެގެންދާނެ ކަމަށެވެ. އަދި ގެންގުޅުއްވާ ފޯނަށް 5ޖީގެ ހަލުވި ސްޕީޑްގެ އިންޓަނެޓް ލިބުމާއެކު، މެދުކެނޑުމެއްނެތި އިންޓަނެޓްގެ ހިދުމަތް ތަޖުރިބާކުރެވޭނެ ކަމަށެވެ.

އޮންލައިންކޮށް ގޭމް ކުޅުމުގައި ދިމާވާ ލަސްތަކަށް ހައްލެއް ލިބި، ފިލްމް އަދި ސީރީޒް ޑައުންލޯކޮށްލަން ވިޔަސް ނުވަތަ ސްޓްރީމް ކޮށްލަންވިޔަސް މާ ގިނަވަގުތު ނުނަގާ، ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ކޮށްލެވޭނެ ކަމަށް އުރީދޫން ބުނެއެވެ.

އުރީދޫން ބުނީ 5ޖީ ގެ ހިދުމަތް އިތުރަށް ފުޅާކުރުމާއެކު މިހާރު އައިފޯން 12، ވާވޭ ޕީ40 ޕްރޯ، ސެމްސަންގް ގެލެކްސީ ނޯޓް 20، ނޯޓް 20 އަލްޓްރާ، ސެމްސަން ގެލެކްސީ އެސް 21، އެސް 21+، އެސް 21 އަލްޓްރާ ހޭންޑްސެޓްސް ގެންގުޅޭ އުރީދޫ ޕޯސްޓްޕެއިޑް އަދި ޕްރިޕެއިޑް ކަސްޓަމަރުންނަށް އުރީދޫ 5ޖީ ގެ ހަލުވި ސްޕީޑް މިހާރު ލިބޭނެ ކަމަށެވެ.

އައިފޯން 12 ނަންގަން ބޭނުން ވާފަރާތްތަކަށް އުރީދޫ މޯލްޑިވްސްގެ އީކޮމާސް ޕްލެޓްފޯމް މެދުވެރިކޮށް ނެގޭނެ ކަމަށް އުރީދޫން ވަނީ ބުނެފައެވެ. އަދި އޭގެ އިތުރުން އުރީދޫއިން ލިބެން ހުންނަ ހުރިހާ ފޯނުތަކެއް އިންސްޓާލްމަންޓްއަށް ނަގަން ބޭނުންވާ ފަރާތްތަކަށް މޯލްޑިވްސް އިސްްލާމިކް ބޭންކް މެދުވެރިކޮށް ނެގޭނެ ކަމަށް ވެސް އުރީދޫން ބުނެއެވެ.

އުރީދޫން ބުނީ މޫލީ މެދުވެރިކޮށް ބަލާގަތުމަށް މި ލިންކަން އަށް ދިއުމުން ނެގޭނެ ކަމަށެވެ.