އުރީދޫ ނޭޝަންގެ އިންޓާ ރިސޯޓް އީސްޕޯޓްސް ޗެމްޕިއަންޝިޕް ގައި ބައިވެރިވުމަށް ހުޅުވާލައިފިއެވެ.
އުރީދޫއިން ބުނީ އޭޕްރީލް މަހުގެ 27 އިން 30 އަށް ކުރިއަށްދާ އިންޓާ ރިސޯޓް އީ-ސްޕޯޓްސް ޗެމްޕިއަންޝިޕް 2025 ގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ރިސޯޓްތަކުން ވާދަކުރުމަށް ތައްޔާރުވާނެ ކަމަށް އުއްމީދުކުރާ ކަމަށެވެ،
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ރިސޯޓް މުވައްޒަފުންނަށް ހާއްސަކޮށްގެން ފަރުމާކޮށްފައިވާ މި މުބާރާތުގައި ދުނިޔޭގެ އެންމެ މަގުބޫލު ދެ މޮބައިލް ގޭމް ކަމަށްވާ ޕަބްޖީ މޮބައިލް އަދި މޮބައިލް ލެޖެންޑްސް: ބޭންގް ބޭންގް (އެމްއެލްބީބީ) ގައި ވާދަކުރެވޭނެކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.
މުޅިން އޮންލައިން ކޮށް ބާއްވާ މި މުބާރާތުގައި ޖުމްލަ 20،000 ރުފިޔާގެ އިނާމު ޕޫލެއް ވެސް ލިބޭއިރު، ޕަބްޖީ އަށް އަދި މޮބައިލް ލެޖެންޑްސް އަށް 10،000 ރުފިޔާ ވަނީ ކަނޑައަޅާފަ އެވެ. މި ޕްރައިޒް ޕޫލް ބަހާލެވިފައިވަނީ"
1 ވަނަ: 5000 ރުފިޔާ
2 ވަނަ: 3000 ރުފިޔާ
3 ވަނަ: 2000 ރުފިޔާ
ރިސޯޓް ކޮމިއުނިޓީތަކުގެ މެދުގައި ވާދަވެރި ގޭމިންއަށް ޝައުގުވެރިކަން އިތުރުވަމުންދާއިރު، އިންޓާ ރިސޯޓް އީ-ސްޕޯޓްސް ޗެމްޕިއަންޝިޕް 2025 ގެ އަމާޒަކީ މި މުބާރާތުގެ ތެރެއިން އެކުވެރިކަމާއި ޓީމްވޯކް އަދި ޑިޖިޓަލް އެންގޭޖްމަންޓް އިތުރުކުރުންކަމަށް އުރިދޫއިން ވަނީ ބުނެފައެވެ. މިއީ ޓްރެޑިޝަނަލް ހޮސްޕިޓާލިޓީ ސެޓިންގެ ބޭރުން ރިސޯޓް މުވައްޒަފުންގެ ހުނަރާއި އުފެއްދުންތެރިކަމާއި ކުޅިވަރުގެ ހުނަރު ދައްކުވައިދޭނެ ހަރަކާތެއްކަމަށް އެކުންފުނިން ވަނީ ބުނެފައެވެ. މީގެ އިތުރުން އުރީދޫއިން ވަނީ އިތުރު މައުލޫމާތާއި އަޕްޑޭޓްތަކާއި ލައިވް ކަވަރޭޖަށް އުރީދޫ ނޭޝަންގެ ސޯޝަލް މީޑިއާ ފޮލޯކޮށްލުމަށް އެދިފައެވެ.