އެމްއެމްޕީއާރުސީގެ އިޝްތިހާރު އަންނަތާ ގިނަ ދުވަސްވެއްޖެ ކަމަށާއި ނަމަވެސް އަދިވެސް ފިލްމެއް ނާޅުވާ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

އުމަރު އެހެން ވިދާޅުވީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަ ބެލުމުން ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންގެ ގޮނޑި ގެއްލިދާނެ ކަަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމާ ގުޅިގެންނެވެ.

އެގޮތުން ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި އުމަރު ވިދާޅުވީ އެމްއެމްޕީއާރުސީގެ އިޝްތިހާރު އަންނަތާ މިހާރު 2 އަހަރަށް ވުރެ ގިނަ ދުވަސް ވެއްޖެ ކަމަށާއި އަދިވެސް ފިލްމެއް ނާޅުވާ ކަމަށެވެ.

https://www.facebook.com/142687689216708/posts/1946875945464531/?d=n

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވަނީ އެމަނިކުފާނު ރިޔާސަތުގައި އިންދާ އެމްއެމްޕީއާރްސީގެ އެއްވެސް މައްސަލައެއް ނުފޮރުވޭނެ ކަމަށާއި އެ މައްސަލައިގައި ކިތަންމެ ބޮޑު މެންބަރެއް، ބޮޑު ވަޒީރެއް ނޫނީ ބޮޑު އަމީރަކަށް އިން ނަމަވެސް އެމައްސަލަ ބަލާނެ ކަމަށެވެ.

ރައީސް ނަޝީދު އިތުރަށް ވިދާޅުވީ 70 މިލިއަން ޑޮލަރު ނާޖާއިޒު ގޮތުގައި މަޖިލީހުގެ މެންބަރުންނަށާއި ވަޒީރުންގެ މެންބަރުންނަށާއި އަދި އެހެން ވެސް މުައައްސަސާތަކުގެ އިދާރާތަކުގައި ތިބި އެތައް ބަޔަކަށް ބަހާލެވުނު ގޮތް ވަރަށް ތަފްސީލުކޮށް، ހެއްކާ ގަރީނާ އެކުގައި ސަރުކާރުގެ ކަމާބެހޭ ކޮމިޝަނަށް ހުށަހަޅާފަ ކަމަށެވެ.

ނަޝީދު ވިދާޅުވީ އެކަމުގައި 200 އަށް ވުރެ ގިނަ މީހުންނާ ދެކޮޅަށް ދައުވާކުރަން ޖެހޭކަން މިހާރު ވެސް ފާހަަގަވެފައިވާ ކަމަށާއި އެ ދައުވާތައް ކުރިއަށް ގެންދާނެ ކަމާ މެދުގައި އެމަނިިކުފާނަށް ޝައްކެއް ނެތް ކަމަށެވެ.