ވ. ފުލިދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

އެމްޓީސީސީއިން ބުނީ އެ މަސައްކަތް ފަށާފައި ވަނީ މިއަދު ކަމަށެވެ.

ފުލިދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ ޕްރޮޖެކްޓަށް 16.94 މިލިއަން ރުފިޔާ ހަރަދުވާ އިރު، އެ ޕްރޮޖެކްޓް 350 ދުވަހުގެ ތެރޭގައި ނިންމުމަށް ހަމަޖެހިފައިވާ މަޝްރޫއުއެކެވެ.

އެ މަޝްރޫއުގެ ދަށުން، 270 މީޓަރުގެ ބޭރުތޮށިލުމާއި، ގޮނޑުދޮށް ހިމާޔަތް ކުރުމުގެ ގޮތުން ލެވޭ ހިލަފައިކަށިތައް ލުން ހިމެނެއެވެ. ފުލިދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ތެރޭގައި 12000 ކޮޑިމީޓަރުގެ ވެލި ގިރާފައިވާ ސަރަހައްދަށް އެޅުމަށްވެސް ވަނީ ހަމަޖެހިފައެވެ.

އެ މަޝްރޫއު އެމްޓީސީސީ އާއި ހަވާލުކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 28 ވަނަ ދުވަހެވެ،