އިތުރު ރުފިޔާ ޗާޕުކުރުމުގެ މުއްދަތު އިތުރުކުރަން ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހުގައި އެދުމާ މެދު މަޖިލީހުން ގޮތެއް ނުނިންމިއެވެ.

މިއަދު މަޖިލީހުގެ ޖަލްސާގައި ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އެމައްސަލާގައި މަޖިލީހުން ގޮތެއް ނުނިންމުނު ކަމަށެވެ.

މިއަދުގެ ޖަލްސާގައި ބަހުސްގެ ތެރެއިން ވިލުފުށި ދާއިރާގެ މެންބަރު ހަސަން އަފީފު ހުށަހެޅުއްވީ އެމައްސަލަ މަޖިލީހުން ކަނޑައަޅާ ހާއްސަ ކޮމިޓީއަަކަށް ފޮނުވައިގެން ދިރާސާ ކުރުމަށެވެ.

މި ހުށަހެޅުން ފާސްނުވުމުން، މިއަދުގެ މުޅި މައްސަލަ އާ ގުޅޭގޮތުން އެއްވެސް ގޮތަކަށް ފާހެއް ނުވި. އެހެންވީމާ، މިނިސްޓްރީ އޮފް ފިނޭންސުން އެދިވަޑައިގެން އެދިވަޑައިގަތުމާ ގުޅޭގޮތުން މި މަޖިލީހުން ވަކި ގޮތެއް ނުނިންމަވާ
ނަޝީދު

އެ ހުށަހެޅުމަށް މިއަދު މަޖިލީހުގައި އެހި ވޯޓުގައި 48 މެމްބަރުން އެކަމަށް ތާއީދު ކޮށްފައި ނުވާއިރު އެ ހުށަހެޅުމަށް ތާއީދު ކޮށްފައި ވަނީ 12 މެންބަރުންނެވެ.

ހައްދެއް ނެތި ދަރަރި ނެގުމާއި ހައްދެއް ނެތި، އެމްއެމްއޭއިން އޯވަޑްރޯ ކުުރުން މަނާކޮށްފައި އޮތީ ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ 32 ވަނަ މާއްދާގެ (ހ)، (ރ) އަދި (ބ) އިންނެވެ.

ސަރުކާރުން 2020 ވަނަ އަހަރު ހުށަހެޅީ އެ މާއްދާތައް ސަސްޕެންޑްކޮށް، ހަތަރު ބިލިއަން ރުފިޔާ ޗާޕްކުރަން ހުއްދަ ހޯދުމަށެވެ.