ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ކުރިއަށްދާ މަސައްކަތުގެ ތެރެއިން އައްޑޫ ސިޓީގައި މޯލްޑިވްސް އިމިގްރޭޝަނުން ކުރިއަށް ގެންދިޔަ އޮޕަރޭޝަނުގައި 83 ބިދޭސީން އެ އިދާރާގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
އައްޑޫ ސިޓީގައި "އޮޕަރޭޝަން ހަމަމަގު" ނަމުގައި ކުރިއަށް ގެންދިޔަ މި އޮޕަރޭޝަނުގައި ވިސާއާއި ގުޅޭ ކަންތައްތައް ބެލުމުގެ އިތުރުން އިމިގްރޭޝަން ގަވާއިދުތަކަށް އަމަލުނުކުރާ، ވަޒީފާދޭ ފަރާތްތަށް ޖަވާބުދާރީ ކުރުވުން ވެސް ހިމެނޭކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.
އިމިގްރޭޝަނުން ބުނީ މި އޮޕަރޭޝަުގައި 678 ބިދޭސީން ހުއްޓުވާ ލިޔެކިޔުންތައް ހަމަތޯ އަދި ރާއްޖޭގައި އުޅެނީ ގަވާއިދާ އެއްގޮތަަށްތޯ ބަލާފައިވާ ކަމަށެވެ. މި ގޮތުން ގަވާއިދާ ހިލާފަށް އުޅޭ 83 ބިދޭސީން އިމިގްރޭޝަންގެ ބެލުުމުގެ ދަށަށް ގެންގޮސްފައިވާއިރު، މިފަދަ ބިދޭސީން ލައްވާ މަސައްކަތްކުރުވާ 75 ދިވެއްސަކަަށް ނޯޓިސް ދީފައިވާކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.
އައްޑޫ ސިޓީގެ ހުރިހާ އަވަށަކަށް އަމާޒުކޮށްގެން ކުރިއަށްގެންދިޔަ މި އޮޕަރޭޝަންގައި އެންފޯސްމަންޓް އެންޑް ކޮމްޕްލަޔަންސް ޑިވިޝަން އާއި އައްޑޫ އިމިގްރޭޝަން އޮފީހުގައި މަސައްކަތްކުރަމުންދާ މުވައްޒަފުން ހިމެނޭހެން ޖުމްލަ 35 އޮފިސަރުން ބައިވެރިވެފައިވެއެވެ.