މާރާމާރީ މައްސަލައަކާ ގުޅިގެން އެމާރާމާރީގައި އަނިޔާ ލިބުނު މީހާ ހޯދަން ފަށާފިއެވެ.

ފުލުހުން ބުނީ އެމީހާއަކީ މިދިޔަ މަހު 29 ވަނަ ދުވަހުގެ ވަގުތެއްގައި ގ. ބަށިމާވިލާ ގޭގެ ކައިރީގައި ހަދަމުންދިޔަ އިމާރާމާތެއްގެ ކައިރީގައި ބިދޭސީއެއްގެ ގައިގައި ދެ މީހަކު ވެގެން މާރާމާރީ ހިންގުމާ ގުޅިގެން އެމާރާމާރީގައި އަނިޔާ ލިބުނު މީހާ ކަމަށެވެ.

އެގޮތުން މިހާތަނަށް ކުރެވެނު މަސައްކަތްތަކުން އެމީހާއަކީ ކާކުކަން ދެނެގަނެވިފާ ނުވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ވަނީ އެމީހާއާބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަމްބަރު 9631696 އަށް ގުޅާ، އެމައްސަލައިގެ އިންސިޑެންޓް ނަންބަރު ބުނެ، އެމައުލޫމާތެއް ހިއްސާ ކުރުމަށް އެދިފައެވެ.

އެމައްސަލައިގެ އިންސިޓެންޑް ނަންބަރަކީ 483099އެވެ.

އެމީހާއަށް އަނިޔާކުރާ މަންޒަރު ފެންނަ ވޯޑިއޯއެެއް އާއްމުވެފައިވާއިރު އެ ވީޑިއޯއިން ފެންނަގޮތުގައި ދެ ޒުވާނަކު ބިދޭސީ މީހާގެ ގައިގާ އެތައް ފަހަރަކު ޖަހާ މާރާމާރީ ހިންގާ މަންޒަރު ފެނެއެވެ. ހަމައެހެންމެ އެ ބިދޭސީ މީހާ އެވަގުތު މަގުމަތީ ތިބި މީހުން ކައިރީން އެހީއަށް އެދޭ މަންޒަރު ވެސް އެވީޑިއޯއިން ފެނެއެވެ.