މިއަދު ރައީސް މުހައްމަދު ނަޝީދު ވޯޓު ގުނާ ބާ ޖަމާލުއްދީނަށް ވަޑައިގަތުމުން މަޝްރަހު ހޫނުވި މައްސަލައިގައި އެމަނިކުފާނު އެތަނަށް ވަޑައިގަތީ، T4 ގެ ވޯޓު ފޮށި އަލުން ގުނަން ތައްޔާރުވެފައި ވަނިކޮށް ޕީޕީއެމްގެ އިސްވެރިން އެ އިދާރާއަށް ވަޑައިގެން ނުކުމެވަޑައި ނުގަތުމުން ކަމަށް ވިދާޅުވެޖެއެވެ.
ނަޝީދު ވިދާޅުވީ، ޕީޕީއެމްގެ ލިޑަރާއި އިސްވެރިން އީސީގެ އިދާރާއަށް ވަޑައިގެން 30 މިނެޓް ވީ އިރުވެސް ނުކުމެވަޑައިެގންފައި ނުވާ ކަމަށެވެ.
އެހެން ކަމުން އެއީ، އޮފިޝަލުން ނޫން އެއްވެސް މީހަކަށް ކުރެވޭނެ ކަމެއް ނޫން ކަމަށާއި، އެމަނިކުފާނު އެހެންވެ ހުންނެވީ އިދާރާގެ ބޭރުގައި ކަމަށް ވިދާޅުވިއެވެ.
އީސް ނަޝީދު ބާޖަމާލުއްދީނަށް ވަޑައިގަތުމާއެކު، އެ ސަރަހައްދަށް އެއްވެފައި ތިބި އާންމުން ރުޅި ގަދަވެ އަރައިގެންފައި ވާއިރު، ބާ ޖަމާލުއްދީނުގައި ޕީޕީއެމް/ ޕީއެންސީގެ އިސް މެންބަރުންވެސް އެބަ އުޅުއްވައެވެ. އެގޮތުން ހުޅުމާލެ ދާއިރާއަށް ހޮވިވަޑައިގެންނެވި ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއާއި، އިދިކޮޅު ޓިކެޓުގައި ކައުންސިލްތަކަށް ވާދަކޮށް ހޮވިވަޑައިގެންނެވި ބައެއް އެހެން މެންބަރުންވެސް އެބަ ތިއްބެވިއެވެ.
އިލެކްޝަންގެ އޮފިޝަލެއްގެ ފަރާތުން މައުލޫމާތު ލިބޭ ގޮތުގައި، އެ ބޭބޭފުޅުން ބާޖަމާލުއްދީނަށް ވަޑައިގަތީ، ވޯޓު ގުނުމުގެ މަސައްކަތްތަކެއް ހިނގާތީއެވެ. އެގޮތުން އެމްޑީޕީން ބޭނުންވަނީ މާލެ ސަރަހައްދުގެ 4 ފޮއްޓެއްގެ ވޯޓު އަލުން ގުނަން ކަމަށާއި، ޕީޕީއެމްއެމް އިން އެގޮތް ބޭނުން ނުވާ ކަމަށެވެ. އީސީ އޮފިޝަލް ވިދާލުވީ 18 ފޮއްޓެއްގެ ވޯޓު އަލުން ގުނާ ކަން އީސީން އޮންނާނީ ކުރިން އިއުލާން ކޮށްފައި ކަމަށެވެ.
ކަލޭ ތީ ޕޮލިހެއްތަ މީހުންނެރެން ތި ދިޔައީ
ނަޝީދު ބޭނުންވީ އަނަސް މޭޔަރު ކަމުގައި ބަހައްޓައިގެން އިބޫ ސޯލިހާ ނުގުޅި ނަޝީދުގެ ގޮޑި ކޮއްކޮ ސަރުކާރެް މާލޭގައި އުފައްދަން. ޢެކަން އަދި ކާމިޔާބު ނުވެގެން މަރަށް ތެޅެނީ. ޢެހެންވެ އެޒާތުގެ ހަމަ ނުޖެހުމާއި ފަސާދަ އުފައްދަނީ ސަމާލުކަން ހޯދަން.