ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި މާލެ ސިޓީގެ މޭޔަރު ކަމަށް ވާދަކުރައްވާ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ކާމިޔާބު ކުރައްވާނެ ކަމަށް ނިންމަމާ ހެއްޔެވެ؟ ސަބަބެއް ވެސް ނެތި އެއް ނޫނެވެ. ޒުވާނުންގެ އިތުރުން އެތަށް ބަޔަކު މުއިއްޒު އަށް ތާއީދު ކުރާ ކަން މި ވަނީ އެނގިފައެވެ.

މީގެ އެއް ހެއްކަކީ މާލޭގެ މޭޔަރަކަށް ވާނެ ފަރާތަކާ މެދު އާންމުންގެ ހިޔާލު ހޯދުމަށް އެކިއެކި ޕްލެޓްފޯމް ތަކުގައި ކުރިއަށް ގެންދިޔަ ވޯޓުތަކުން ޑރ. މުއިއްޒު ކުރި ހޯއްދަވާފައި ވުމެވެ. ބޮޑުތަނުން މުއިއްޒު އުޅެނީ ކުރީގައެވެ.

މާލޭގެ މޭޔަރަކަށް މުއިއްޒު ގެންނަން ތާއީދު ކޮށްފައި ހުރި މީހުންގެ އެވްރެޖް ނިސްބަތް ދައްކާ ގޮތުން، މުއިއްޒު މާލޭގެ މޭޔަރު ކަމުގެ ގޮނޑި ކާބިޔާބު ކުރައްވާނީ 53 ޕަސެންޓާއި 55 އާ ދެމެދުންނެވެ.

ހިޔާލު ހޯދުމުގެ ވޯޓުތަކުގެ އިތުރުން، މުއިއްޒަކީ، މީހުންގެ އިނގިލި ކުރީގައި ހިފައިގެން ހިނގާ އެހެން ބައެއް ކެންޑިޑޭޓުންނާ ހާސްބައި ތަފާތު ބޭފުޅެކެވެ.

އެންމެ މުހިންމު އެއް ކަމަކީ، މުއިއްޒަކީ އުމުރުން 33 އަހަރުން ފެށިގެން އެކިއެކި މަޝްރޫއުތަކާއި ޕްރޮޖެކްޓުތައް ހިންގެވުމާއި އެކަންކަމުގެ ތެރޭގައި އުޅުއްވާ އެ ތަޖުރިބާ ލިބިވަޑައިގެން ހުންނެވި ބޭފުޅެކެވެ. ކަންކަމުގެ އާޖުފާޖު ދެނެވަޑައިގަންނަވާ ސިވިލް އިންޖިނޭރެކެވެ. ނަތީޖާ ދައްކަވާފައިވާ މިނިސްޓަރެކެވެ.

މުއިއްޒަކީ، އޭނާގެ ވަށައިގެން ބަޔަކު ނުވަތަ މީހަކު ޖަހާހާ ބެރެކަށް ނައްޓަވާނެ ބޭފުޅެއް ނޫނެވެ. މީހަކު ނުވަތަ ބަޔަކަށް މުއިއްޒު ލައްވާ ނުފޫޒުން ކަމެއް ކުރުވޭނެ ބޭފުޅެއްވެސް ނޫނެވެ.

މުއިއްޒު މޭޔަރު ކަމަށް ނުކުމެވަޑައިގަތީ މީހެއްގެ ހިޔަންޏަކު ނޫނެވެ. މީހެއްގެ އިނގިލި ކުރީގައި ލައިގެން ނުހިންގަވައެވެ. އެއާ ހިލާފަށް މުއިއްޒު ހިންގަވަނީ މާލޭ ސިޓީގެ ރައްޔިތުންގެ އަތުގައި ހިއްޕަވައިގެން އެ ރައްޔިތުންނާއެކު ކުރިއަށެވެ. ރައްޔިތުންގެ އުންމީދު ތަކާއެކު ހިތްފަސޭހަ މާލެ ސިޓީއެއް ހޯއްދަވައިދެއްވާށެވެ. އުންމީދީ އަދި ދިރުން ހުރި ތަނަކަށް މާލެ ސިޓީ ހައްދަވާށެވެ. އިޖުތިމާއީ އެތައް މައްސަލަތަކަށް ބޭނުންވާ ފަރުވާއާ އެކުގައެވެ. ބޯހިޔާވަހިކަން ހައްލު ކުރައްވާ އާންމު ހިދުމަތްތައް އެއް ވިއުގަ ކުރެއްވުމުގެ ވިޝަންއާ އެކުގައެވެ.

https://www.facebook.com/MuizzuforMayor/videos/794876208118287/

ރައީސް އަބްދުﷲ ޔާމީން ސަރުކާރުގެ ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ކަމުގެ އިތުރުން ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަމުގައި ވެސް ހައުސިން މިނިސްޓަރު ކަމުގެ މަގާމު އަދާ ކުރެއްވި މުއިއްޒަކީ މާލެ ޔައްތިތުންނަށް އޮތް ފަރުވާއެވެ.

ލޯކަލް ކައުންސިލް އިންތިހާބުގެ ވޯޓުލުން މާދަމާ އޮންނަ އިރު ނަތީޖާ ފެންނަނީ ޑރ. މުއިއްޒަށް ހެޔޮކޮށެވެ. މާލޭގެ މޭޔަރަކަށް ޑރ. މުއިއްޒު ހޮވަމާ ހިނގާށެވެ.