ޅ. ފެލިވަރުން 260 މީހުން އަދި ނައިފަރުން 215 މީހުން ހިމެނޭހެން އަތޮޅުތެރޭގައި 972 މީހަކަށް މިވަގުތު ކޮވިޑް ޖެހިފައި ވާ ކަން ހާމަވެއްޖެއެވެ.

އެޗްޕީގޭ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިވަގުތު ޖުމްލަ 72 ރަށެއްގައި ކޮވިޑް އެކްޓިވް ކޭސްތައް އެބަ އުޅެއެވެ. އެ ރަށްތަކުން ޖުމްލަ 710 ދިވެހިން އަދި 262 ބިދޭސީންނަށް ވަނީ ކޮވިޑް ޖެހިފައެވެ. ހަމައެއާއެކު 12 ރަށެއް ވަނީ މޮނިޓަރުންގެ ހާލަތުގައެވެ.

މޮނިޓަރިންގައި ހުރި ރަށްތައް:

  • ދ. ކުޑަހުވަދޫ - 7 އެކްޓިވެ ކޭސް (4 ދިވެހިން، 3 ބިދޭސީން)
  • ދ. މީދޫ - 2 އެކްޓިވް ކޭސް (2 ދިވެހިން)
  • ކ. ހުރާ - 121 އެކްޓިވެ ކޭސް (108 ދިވެހިން، 13 ބިދޭސީން)
  • ކ. ދިއްފުށި - 118 އެކްޓިވް ކޭސް (111 ދިވެހިން، 8 ބިދޭސީން)
  • ޅ. ނައިފަރު - 215 އެކްޓިވް ކޭސް (196 ދިވެހިން، 19 ބިދޭސީން)
  • ޅ. ފެލިވަރު - 260 އެކްޓިވް ކޭސް ( 112 ދިވެހިން، 148 ބިދޭސީން)
  • ޅ. އޮޅުވެލިފުށި - 3 އެކްޓިވެ ކޭސް ( 3 ދިވެހިން)
  • ޅ. ކުރެންދޫ - 3 އެކްޓިވް ކޭސް (3 ދިވެހިން)
  • އދ. މާމިގިލި - 13 އެކްޓިވް ކޭސް (12 ދިވެހިން، 1 ބިދޭސީއެއް)
  • އދ. މަހިބަދޫ - 1 އެކްޓިވް ކޭސް (ދިވެއްސެއް)
  • ތ. ވިލުފުށި - 5 އެކްޓިވް ކޭސް (5 ދިވެހިން)

އަތޮޅުތެރޭގެ ރަށްރަށުގައި ޖުމްލަ 972 އެކްޓިވް ކޭސް އުޅޭއިރު މީގެ ތެރެއިން ކޮވިޑް ފެސިލިޓީތަކުގައި ފަރުވާ ދެމުން ދަނީ 6 މީހަކަށެވެ. އެއީ ށ އަތޮޅު ކޮވިޑް ފެސިލިޓީގައި ފަރުވާ ދެމުންދާ 2 މީހެއްގެ އިތުރުން ބ އަތޮޅު ކޮވިޑް ފެސިލިޓީގައި ފަރުވާ ދެމުން ދާ 4 މީހެކެވެ.

ފާއިތުވި ދެތިން ހަފްތާގައި ރަށްރަށުން ފެންނަ ކޮވިޑް ކޭސްތައް ބޮޑުތަނުން އިތުރު ވެފައި ވާ ކަން އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކައެވެ. އަތޮޅުތެރޭގެ ބައެއް ރަށްތަކުން ރެންޑަމް ސާމްޕަލްތައް ވެސް ދަނީ ޕޮޒިޓިވް ވަމުންނެވެ. އެގޮތުން، ބައެއް ރަށްރަށުން މީހަކު ޕޮޒިޓިވް ކަން އެނގޭއިރު، ރަށުގައި ބަލި ފެތުރި، ރަށުގެ ގިނަ ބަޔަކަށް ބަލި ޖެހިފައި ވެސް އެބަ ހުއްޓެވެ. ބައެއް ފަހަރު އެ ކޭސްތަކަކީ ކަރަންޓީނު ވާ މީހުންނާ ގުޅުން ހުރި ކޭސްތަކަށް ވެސް ވެއެވެ.