ޑރ. މުހައްމަދު މުއިއްޒު އާންމުންނަށް އެނގެނީ ރައީސް އަބްދުﷲ ޔާމީން ސަރުކާރުގެ ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރުގެ އިތުރުން އޭގެ ކުރިން ޑރ މުޙައްމަދު ވަހީދުގެ ވެރިކަމުގައި ވެސް ހައުސިން މިނިސްޓަރުގެ މަގާމު އަދާކުރެއްވި ވަޒީރުގެ ގޮތުގައެވެ.

ސިވިލް އިންޖިނިއަރިންގެ ދާއިރާ އިން ޕީއެޗްޑީ ހާސިލް ކުރައްވާފައިވާ ޑރ މުއިއްޒު ވަނީ 2012 އިން 2018 އާއި ހަމައަށް ރާއްޖޭގެ އުމްރާނީ ތަރައްގީގެ ބިޔަ މަޝްރޫއުތައް ހިންގުމުގައި އިންފްރާސްޓްރަކްޗާ މިނިސްޓަރުގެ ހައިސިއްޔަތުން ބުރަ އަދި ގިނަގުނަ މަސައްކަތްތަކެއް ކުރައްވާފައެވެ.

ރައީސް ޔާމީންގެ ސަރުކާރުގައި ކުރިއަށް ގެންދިޔަ އުމްރާނީ ތަރައްގީގެ ބޮޑެތި މަޝްރޫއުތަކުގެ ތެރޭގައި ހިމެނޭ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަޝްރޫއާއި ހިޔާ (ފްލެޓް)ގެ 7000 ހައުސިން ޔުނިޓުގެ މަޝްރޫއުގެ އިތުރުން ސިނަމާލޭ ބްރިޖު (ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް) މަޝްރޫއު ހިންގާފައިވަނީ ޑރ. މުއިއްޒުގެ މިނިސްޓަރު ކަމުގެ ދުވަސްވަރު ފުރިހަމަ ބެނެލިވެރިކަމުގެ ދަށުންނެވެ.

ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕޭން ޕޯސްޓަރެއް

ތައުލީމް

ޑރ މުއިއްޒުގެ ތައުލީމީ ހަޔާތަށް ނަޒަރު ހިންގާލާއިރު، އެންމެ ފުރަތަމަ ސްޓްރަކްޗަރަލް އިންޖިނިއަރިންގެ ދާއިރާ އިން ބެޗެލާސް ޑިގްރީ ހާސިލްކުރެއްވީ އިނގިރޭސިވިލާތުގެ ޔުނިވާސިޓީ އޮފް ލަންޑަނުންނެވެ. އަދި ހަމަ އެ ޔުނިވާސިޓީ އިން ސިވިލް އިންޖިނިއަރިންގެ ދާއިރާ އިން މާސްޓާސް ހާސިލްކުރައްވާ، އެ ދާއިރާ އިން ޕީއެޗްޑީ ހާސިލްކުރެއްވީ އިނގިރޭސި ވިލާތުގެނިވާސިޓީ އޮފް ލީޑްސް އިންނެވެ.

ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕޭން ޕޯސްޓަރެއް

ތަރައްގީއަށް ކުރެއްވި މަސައްކަތްތައް

މާލެއަކީ ހިތްފަސޭހަ ތަނަކަށް ހެދުމަށް ޑރ މުއިއްޒުގެ މިނިސްޓަރު ކަމުގައި މާލޭގެ ބައެއް މަގުތައް ދުއްވާ އެއްޗެއްސަށް ނުވަދެވޭނެހެން ހަދާ ހަމައެކަނި ހިނގާ މީހުންނަށް މުޅިން އަލަށް ހާއްސަ ކުރިއެވެ. ދިރިއުޅޭ ރަށްވެހިންގެ ކެކުޅުންފެނި ހައްލެއް ހޯދުމުގެ ގޮތުން ވިސްނަވާ، މާލޭގެ އެކި ސަރަހައްދުތަކުގައި ހިތްފަސޭހަ، ހިތްހަމަ ޖައްސާލާނެ މައިޒާންތައް ތަރައްގީ ކުރެއްވިއެވެ. އޭގެ ތެރޭގައި ހިތްތަން މައިޒާން، ރައިވެރިބޭ މައިޒާން، މާވެޔޮ މައިޒާން އަދި ރެހެންދި މައިޒާނާއި މުއިވެޔޮދޮށު މައިޒާން ފަދަ ތަންތައް ހިމެނެއެވެ.

ދިވެހިރާއްޖޭގެ އާސާރާ އަދި އެވޭލާ ތާރީހާ ސީދާ ގުޅިފައިވާ މަޝްހޫރު، ސަލްޓަން ޕާކު ބާވެ ވީރާނާ ވަނިކޮށް އެތަން ތަރައްގީ ކުރައްވާ ރަސްރަނި ބަގީޗާގެ ނަމުގައި އަލުން އެތަން ތަރައްގީ ކުރެއްވިއެވެ.

މީގެ އިތުރުން މާލޭ ރިންގު ރޯޑުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތާއި، ދަތުރުވެރިންގެ މާރުކޭޓު އަލުން ހެދުމުގެ މަސައްކަތް، އަދި ސިނާއީ މަސައްކަތްތަކަށް ހާއްސަކޮށްގެން މާލޭ އިންޑަސްޓްރިއަލް ޒޯނު ވުޖޫދުގައި ނެތްއިރު ދުނިޔެއަށް ގެންނަވާ ތަރައްގީ ކުރެއްވީ ވެސް ޑރ.މުއިއްޒު ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރަކަށް ހުންނަވައިގެންނެވެ.

https://www.facebook.com/MuizzuforMayor/videos/4108966929165657/

ކުރެއްވި ތަޖުރިބާ

ސަރުކާރުގެ ވަޒީރު ކަމުގައި ހުންނެވި އިރު ޑރ މުއިއްޒު ވަނީ އޭޝިއާ އިންފްރާސްޓްރަކްޗާ ޑިވެލޮޕްމެންޓު ބޭންކަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ގަވަރުނަރުގެ މަގާމު ވެސް އަދާކުރައްވާފައެވެ.

ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ކަމުގެ މަގާމުގައި ހުންނަވައިގެން ފެބްރުއަރީ 2012 އިން ނޮވެމްބަރު 2018 އާއި ހަމައަށް ޑރ. މުއިއްޒު ވަނީ އިޖުމާލީ ގޮތެއްގައި މުޅި ދިވެހިރާއްޖޭގެ ތަރައްގީ އަށް އަދި ހާއްސަކޮށް މާލޭ ސިޓީގެ ތަރައްގީ އަށް ކުރެވުނު މުހިއްމު ބޮޑެތި މަޝްރޫއުތައް ލީޑު ކުރައްވައިފައެވެ.

މާލޭ ސިޓީގެ މޭޔަރު ކަމަށް ޕީޕީއެމް/ޕީއެންސީ ގެ ފަރާތުން މުއިއްޒު ވާދަކުރައްވަނީ މާލޭގެ ތަރައްގީގެ ބިޔަ، ބޮޑެތި މަޝްރޫއުތަކުގެ މަސައްކަތުގައި މީގެ ކުރިން ވެސް މަސައްކަތް ކުރައްވާ އެ މަސައްކަތަކުގައި ހިއްސާ އަދާކުރައްވާ ފުރިހަމަ ތަޖުރިބާ އާއެކުއެވެ.