އައްޑޫ ސިޓީ ފޭދޫގައި ހިންގި މާރާމާރީއެއްގައި 7 މީހަކަށް އަނިޔާ ވެއްޖެއެވެ.

ފުލުހުން ބުނީ އައްޑޫ ސިޓީ ފޭދޫ ކުޑަކުދިންގެ ޕާކު ސަރަހައްދުގައި ދެ ގްރޫޕެއްގެ މެދުގައި ހިންގި މާރާމާރީއެއްގެ މައްސަލަ މިރޭ 06:30 ހާއިރު ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ.

މި މާރާމާރީގައި ހަތް މީހަކަށް އަނިޔާ ވެފައި ވާއިރު އެމީހުންގެ ތެރެއިން ބައެއް މީހުންނަށް ފޭދޫ ހެލްތު ސެންޓަރުގައި ފަރުވާ ދެމުންދާ ކަމަސް ފުލުހުން ވަނީ ބުނެފައެވެ. އަދި އަނިޔާވި މީހުންގެ ތެރެއިން ބައެއް މީހުންނަށް ހިތަދޫ ހޮސްޕިޓަލުން ފަރުވާ ދެމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އައްޑޫ ސިޓީ ފޭދޫގައި މިއަދު ހިންގި މާރާމާރީ ތަގުހީގު ކުރަމުން ދާއިރު މިދިޔަ މަހު ގއ. މާމެންދޫގައި ދެ ގްރޫޕެއްގެ ދެމެދުގައި ހިންގި ގްރޫޕް މާރާމާރީގައި ވަޅިން ހަމަލާދީ 17 އަހަރުގެ ކުއްޖަކު މަރާލާފައި ވެސް ވެއެވެ.

އެ މާރާމާރީގައި މަރުވެފައި ވަނީ ގއ. މާމެންދޫ، ލިލީ އޮފް ދަ ވެލީ، އަހުމަދު އުދައްޔު، އެވެ.