ހިޓާޗީ ބްރޭންޑްގެ އެއާކޮންޑިޝަނާގެ ހާއްސަ "ފިނިފިނި ހިޓާޗީ" ޕްރޮމޯޝަން އެސްޓީއޯއިން ފަށައިފިއެވެ.

އެސްޓީއޯއިން ބުނީ ހޯމް އިމްރޫވްމަންޓް، އެސްޓީ އޯ ވިލިމާލެ ފިހާރަ، އަދި އެސްޓީ އޯ ހުޅުމާލެ ފިހާރައިގައި ކުރިޔަށް ގެންދާ އެ ޕްރޮމޯޝަންގެ ދަށުން ގަންނަ 24،000 ބީޓީޔޫގެ ކޮންމެ ފަސް އެއާ ކޮންޑިޝަނާ އަކަށް 12،000 ބީޓީޔޫގެ އެއާކޮންޑިޝަނާ އެއް ހިލޭ ލިބޭނެ ކަމަށެވެ.

އޭގެ އިތުރުން 18،000 ބީޓީޔޫގެ ކޮންމެ ފަސް އެއާ ކޮންޑިޝަނާ އަކަށް 9،000 ބީޓީޔޫގެ އެއާކޮންޑިޝަނާ އެއް ހިލޭ ލިބޭނެ ކަމަށް އެސްޓީއޯއިން ވަނީ ބުނެފައެވެ.

އެސްޓީއޯއިން ބުނީ މާޗް މަހުން ފެށިގެން އޭޕްރީލް މަހުގެ ނިޔަލަށް ކުރިޔަށް ގެންދާ އެ ޕްރޮމޯޝަންގައި ބޮޑެތި ޑިސްކައުންޓްގެ އިތުރުން އަގުހުރި އިނާމުތަކެއް ވެސް ލިބޭނެ ކަމަށެވެ.

ހަމައެހެންމެ ކޮންމެ 1،000 ރުފިޔާއަކަށް ކޫޕަނެއް ލިބޭއިރު ކޮންމެ ހަފްތާއަކު ގުރުއަތުން ހޮވޭ ފަރާތަކަށް ޓީވީ އަދި ދޮންނަ މެޝިން ލިބޭނެ ކަމަށް އެސްޓީއޯއިން ވަނީ ބުނެފައެވެ. އަދި ގަންނަ ކޮންމެ އޭސީއަކާއެކު ވަގުތުން ލިބޭ އިނާމުތަކުގެ ތެރޭގައި، ރައިސް ކުކާ، އަވަން، އިސްތިރީގެ އިތުރުން ފަނަރަ ސަތޭކެ ރުފިޔާގެ ގިފްޓް ވައުޗާ ހިމެނޭ ކަމަށް އެސްޓީއޯ އިން ބުނެއެވެ.