ރައިސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ހުން އައިސް ގެން ދަރުމަވަންތަ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ދިނުމަށް ފަހު މިއަދު ދޫކޮށްލައިފިއެވެ.
ނައިބު ރައީސް ހޮސްޕިޓަލުން ޑިސްޗާޖް ކުރިކަން ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވަނީ ކަށަވަރު ކޮށްދެއްވާފައެވެ. މަބްރޫކް ވިދާޅުވީ، ނައިބު ރައީސް މިހާރު ދޫކޮށްލާފައިވާ ކަމަށާއި ހާލުކޮޅު ރަނގަޅު ކަމަށެވެ.
ފައިސަަލް އާލާސްކަންފުޅާ އުޅުއްވާތީ އަންގާރަ ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައި ދަރުމަވަންތަ ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައިވާ ކަން މަބްރޫކް ކަށަވަރުކޮށް ދެއްވީ މިދިޔަ ބުދަ ދުވަހުގެ ރޭއެވެ. މަބްރޫކް ވިދާޅުވީ، ހޮސްޕީޓަލުގައި އެޑްމިޓް ކޮށްގެން ފަރުވާ ދިނުމަށް ކޮވިޑް ޓެސްޓް ހަދާފައިވާ ކަމަށާއި އެ ޓެސްޓުގެ ނަތީޖާ ނެގެޓިވްވި ކަމަށެވެ.
އަދި އެމަނިކުފާނު ހޮސްޕިޓަލަށް ވަޑައިގަތީ މާ ބޮޑަށް ހުން އައިސްގެން އުޅުއްވާތީ ކަަމަށް މަބްރޫކް ވިދާޅުވިއެވެ.
ކޮވިޑް ބަލި މަޑުކަން ފެތުރެން ފެށި ފަހުން ރާއްޖޭގެ އިސް ވެރިންގެ ތެރެއިން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވަނީ ދަރުމަވަންތަ ހޮސްޕިޓަލުގައި މިދިޔަ އަހަރު ފަރުވާ ހޯއްދަވާފައެވެ. އެ މަނިކުފާނު އޭރު ހޮސްޕިޓަލުން ފަރުވާ ހޯއްދަވާފައި ވަނީ ކޮވިޑް އަށް ޕޮޒިޓިވް ވެގެންނެވެ.