ރާއްޖޭ ޓީވީން ދެއްކި ޕްރޮގްރާމެއްގައި ސިޔާސީ މަސްރަހުގައި ހިންގަމުން އަންނަ ކަންކަމަށް ވާހަކަދައްކައި ފާޑުކިޔަމުން ގޮސް އޯޓިޒަމް އަދި ޑައުން ސިންޑްރަމް ބައްޔަށް ޖޯކުޖެހި މައްސަލަ ކުރީގެ ނައިބް ރައީސް ފައިސަލް ނަސީމް ކުށްވެރިކުރައްވައިފިއެވެ.
ފައިސަލް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފުރައްސާރަކުރުން ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާކަމަށެވެ. އަދި މީހުންގެ ނުކުޅެދުންތެރިކަމަކީ އެއިން މިސާލު ޖެހޭނެ ކަމެއްނޫންކަން ފާހަގަކޮށް ފައިސަލް ވިދާޅުވީ އެއީ ތަހުޒީބު މުޖުތަމައެއްގައި ބަލައިގަންނާނެ ކަމެއް ނޫންކަމަށެވެ.
މީގެ އިތުރުން ފައިސަލް ވިދާޅުވީ އެފަދަ އަމަލުތަކުން އެނގެނީ، އޯޓިޒަމާއި ޑައުން ސިންޑްރޯމް ހުންނަ ކުދީންނާއި އެކުދީންގެ އާއިލާތަކުން ތަހައްމަލުކުރާ ކަންކަން ރަނގަޅަށް އިހްސާސްނުކުރެވޭ ކަންކަމުގައެވެ. އިތުރަށް ފައިސަލް ވަނީ ލޯތްބާއި ކުލުނާއި އޯގާތެރިކަމާއި އިހުތިރާމް އިސްކުރައްވަން ނަސޭހަތްތެރިވެ ވަޑައިގެންފައެވެ.
"ރާއްޖެ ޓީވީން" ރޭ ގެނެސް ދިން "ކާލާބައިސާ" ނަމަކަށް ކިޔާ ޕްރޮގްރާމްގައި ޕްރެސެންޓަރު ހުސައިން ރަމީޒާއެކު އެ ޕްރޮގްރާމްގައި ވާހަކަ ދެއްކީ ކުރީގެ ކާނަލް އަހުމަދު ފަޔާޒް އަލީ (ޕާޕާ ފަޔާޒް) އާއި ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) އެވެ. ނޫސްވެރިއަކަަށް ރައީސް މުއިއްޒު ގުޅުއްވައި އިންޒާރު ދިން ކަމަށް ބުނާ މައްސަލައާ ގުލޭ ގޮތުން ވާހަކަ ދައްކަވަމުން ފަޔާޒް ވަނީ ރައީސް މުއިއްޒު އަކީ އޯޓިޒަމް ހުރި ބޭފުޅެއް ކަމަށް ވިދާޅުވެ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އެއާއެކު މޮސްޓާ ވަނީ އޯޓިޒަމް އެކަނި ނޫން ކަމަށާއި އެމަނިކުފާނަކީ ޑައުން ސިންޑްރަމް ވެސް ހުރި ބޭފުޅެއް ކަމަށް ވިދާޅުވެ، ޕްރޮގްރާމްގެ ޕްރެޒެންޓަރު ރަމީޒާ އެކު އެ ދެބޭފުޅުން ވެސް ހިނިގަނޑެއް ޖައްސަވާލައްވައެވެ.
ރައްޖެޓީވީ އަކީ އެއްމެ ޖަންގަލީޓީވީ ޗެނަލް އެމީހުންނާ ނުބެހޭ ކަމެއްނޯންނާނެ އަކުރަމް ކަމާލުއްދީނާއި ކުރީގެ މެމްބަރު ހޯރަފުށީ ސަލީމް އާބެހޭ ގޮތުން އެހެން މީހުން ދައްކާނީ ދޮގުވާހަކަ ރާއްޖެޓީވީ އިން އެމީހުން ތިބޭނީ ހުދުކާފޫރައް ހަދާފަ