ގއ. މާމެންދޫގައި ދެ ގްރޫޕެއްގެ ދެމެދުގައި މިމަހުގެ ކުރީކޮޅު ހިންގި ގްރޫޕް މާރާމާރީގައި ވަޅިން ދިން ހަމަލާގައި މަރުވި އެރަށު ލިލީ އޮފް ދަ ވެލީ، އަހްމަދު އުދައްޔު، 17، ގެ ޕޯސްޓްމޯޓަމް ހެދުމަށް ފަހު މާލެ ގެނެސްފިއެވެ.
ފުލުހުން ބުނީ މާމެންދޫގައި ނިޔާވި ކުއްޖާގެ ޕޯސްޓްމޯޓަމް ހެދުމަށް ފަހު ހަށިގަނޑު މިއަދު މާލެ ގެނެސްފައިވާ ކަމަށެވެ.
އުދައްޔުގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް އިންޑިއާއަށް ގެންގޮސްފައި ވަނީ މިމަހު 15 ވަނަ ދުވަހުއެވެ.
މި މަހުގެ 8 ވަނަ ދުވަހުގެ ރޭ 10:00 މާމެންދޫގައި ހިނގި މާރާމާރީގައި 2 މީހަކު ޒަހަމް ވަނީ ޒަހަމް ވެފައެވެ. އެ ދެމީހުންގެ ތެރެއިން އުދައްޔު އަށް ގއ. ވިލިނގިލީ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް މަރުވެފައި ކަމަށް ފުލުހުން ވަނީ ބުނެފައެވެ. ނަމަވެސް ގއ. އަތޮޅު ހޮސްޕިޓަލުން ބުނެފައި ވަނީ އެ ކުއްޖާ ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް އޮތީ މަރުވެފައި ކަމަށެވެ.
އެ މާރާމާރީގައި ޒަހަމް ކޮށްލި ދެވަނަ މީހަކީ އުމުރުން 21 އަހަރުގެ މީހެކެވެ. އެއީ އުދައްޔުގެ ބޭބެ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.
އެ މާރާމާރިއާ ގުޅިގެން 5 މީހަކު ވަނީ ހައްޔަރު ކޮށްފައެވެ.