އުރީދޫ 5ޖީ ނެޓްވޯކް މާލޭގައި އާންމުން ދިރިއުޅޭ ގިނަ ސަރަހައްދުތަކެއްގައި ހަލުވި ސްޕީޑެއްގައި ލިބޭ އިރު ގެލެކްސީ އެސް 21 ޕްލަސް އަދި އެސް 21 އަލްޓްރާ ލިބޭނެ ކަމަށް އުރީދޫ މޯލްޑިވްސް އިން ބުނެފިއެވެ.

އުރީދޫން ބުނީ، ސެމްސަންގް ގެލެކްސީ އެސް 21 ޕްލަސް އަދި އެސް 21 އަލްޓްރާ ގެންގުޅޭ އުރީދޫ ޕޯސްޓްޕެއިޑް އަދި ޕްރިޕެއިޑް ކަސްޓަމަރުންނަށް މާލޭގެ ގިނަ ސަރަހައްދުތަކެއްގައި 5ޖީގެ ހަލުވި ސްޕީޑް މިހާރު ލިބޭނެ ކަމަށެވެ. އެގޮތުން އޮންލައިންކޮށް ގޭމް ކުޅުމުގައި ދިމާވާ ލަސްތަކަށް ހައްލެއް ލިބި، ފިލްމް އަދި ސީރީޒް ޑައުންލޯޑް ކޮށްލަން ވިޔަސް ނުވަތަ ސްޓްރީމް ކޮށްލަން ވިޔަސް މާ ގިނަ ވަގުތު ނުނަގާ، ކުޑަ ހިނދުކޮޅެއްގެ ތެރޭގައި މިހާރު 5ޖީ ނެޓްވޯކް މެދުވެރިކޮށް އެކަން ކުރެވޭނެ ކަމަށް އުރީދޫން ބުނެއެވެ.

އުރީދޫ މޯލްޑިވްސްގެ 5ޖީ ނެޓްވޯކް އާއި އެކު 5ޖީ ހޯމް ބްރޯޑްބޭންޑްގެ ހިދުމަތް ދާދި ފަހުން ވަނީ މާލޭގެ ބޮޑު ސަރަހައްދަކަށް ތައާރަފްކޮށްފައެވެ. މީގެ ތެރޭގައި ގިނަ ވިޔަފާރިތައް ހިންގާ ސަރަހައްދުތައް، ހޮސްޕިޓަލް އަދި އާންމުން ދިރިއުޅޭ ސަރަހައްދުތައް ހިމަނާފައިވާ ކަމަށް އެ ކުންފުނިން ބުނެއެވެ.

5ޖީ ޓެކްނޮލޮޖީ އާއެކު ލިބިގެންދާ ހައިސްޕީޑްގެ އިތުރުން އިންޓަނެޓާއި ކަނެކްޓް ކުރުމުގައި ދިމާވާ ލަސްތައް ވެސް އެތައް ގުނައަކަށް ކުޑަ ވެގެންދާނެ ކަމަށް އުރީދޫން ބުނެއެވެ. ކަސްޓަމަރުން ގެންގުޅޭ ފޯނަށް 5ޖީގެ ހަލުވި ސްޕީޑްގެ އިންޓަނެޓް ލިބިގެން ދިއުމާއެކު، މެދުކެނޑުމެއްނެތި އިންޓަނެޓްގެ ހިދުމަތް ފުރިހަމަ ކަމާއެކު ތަޖުރިބާ ކުރެވޭނެ ކަމަށް އުރީދޫން ބުނެއެވެ.

ސެމްސަންގ ގެލެކްސީ އެސް 21 ޕްލަސްއަށް މޫލީ މެދުވެރިކޮށް އޯޑާ ކުރުމަށް http://ore.do/app މިލިންކް ބޭނުން ކުރެވިދާނެ އެވެ. އަދި އިތުރު މައުލޫމާތު ހޯދާލުމަށް http://ore.do/s21 މި ލިންކަށް އަށް ޒިޔާރަތް ކުރުމަށް އުރީދޫން ބުނެއެވެ.