ވޮލަންޓަރީ ސާމްޕަލް މިހާރު މާލެ، ހުލުމާލެ އަދި ވިލިމާލެ ފުލޫ ކްލިނިކުން ނެގޭނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ
އެޗްޕީއޭއިން ބުނީ މާލެ ސަރަހައްދުގެ ތިން ތަނަކުން ވޮލަންޓަރީ ސާމްޕަލް ނެގޭނެ ކަމަށާއި އޭގެ ތެރޭގައި "މާލެ ހިޔާ 2" ފުރަގަހުގައި ހުންނަ، ކުރިން ފްލޫ ކްލިނިކް ހުރި އިމާރާތް ހިމެނޭ ކަމަށެވެ.
"މާލެ ހިޔާ 2" ފުރަގަހުގައި ހުންނަ، ކުރިން ފްލޫ ކްލިނިކް ވޮލަންޓަރީ ސާމްޕަލް ނަގައިދިނުމަށް ހަމަޖެހިފައި ވާނީ ހުކުރު ފިޔަވާ ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން މެންދުރު ފަހު 01:00 އަށް، އަދި މެންދުރު 02:00 އިން ފެށިގެން ރޭގަނޑު 10:00 އަށް ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފައެވެ. އަދި ހުކުރު ދުވަހު ވޮލަންޓަރީ ސާމްޕަލް ނަގައިދޭނީ ހަވީރު 04:00 އިން ރޭގަނޑު 08:00 އަށް ކަމަށް އެޗްޕީއޭއިން ބުނެއެވެ.
ހުޅުމާލެ ފުލޫ ކްލިނިކުން ވޮލަންޓަރީ ސާމްޕަލް ނަގައިދިނުމަށް ހަމަޖެހިފައި ވާނީ ކޮންމެ ދުވަހެއްގެ މެންދުރު 02:00 އިން ހަވީރު 05:00 އަށެވެ. އަދި ހުކުރު ދުވަހު ވޮލަންޓަރީ ސާމްޕަލް ނަގައިދޭނީ ހަވީރު 05:00 އިން ރޭގަނޑު 08:00 އަށް ކަމަށް އެޗްޕީއޭއިން ބުނެއެވެ.
ވިލިމާލެ ފުލޫ ކްލިނިކުން ވޮލަންޓަރީ ސާމްޕަލް ނަގައިދިނުމަށް ހަމަޖެހިފައި ކޮންމެ ދުވަހެއްގެ ހަވީރު 04:30 އިން ފެށިގެން އިރުއޮއްސި 06:00 އަށް ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފައެވެ.