ކޮވިޑްގެ ހާލަތު ގޯސްވެ މާލެ ސަރަހައްދުގެ ޕްރީ ސްކޫލުތަކުގެ ކިޔަވައިދިނުން އަލުން ހުއްޓާލަން ނިންމައިފިއެވެ.

އެޗްޕީއޭ އިން މިހެން ނިންމާފައި ވަނީ މާލެ ސަރަހައްދުގައި ކޮވިޑް-19 ފެތުރުން އިތުރުވަމުން ދާތީއެވެ.

އެގޮތުން ޕްރީ ސްކޫލްތަކާއި ނާސަރީތަކާއި ޑޭކެއާ ހިދުމަތްދޭ ތަންތަން 2 ހަފްތާއަށް ބަންދު ކުރުރަން އެޗްޕީއޭ އިން ވަނީ ނިންމާފައެވެ.

ޕްރީ ސްކޫލުގެ ތަކުގެ ކިޔެވުން ހުއްޓާލުމަށް އަންގާފައި ވާއިިރު ޔުނިވާސިތީތަކާއި ކޮލެޖުތަކުގެ ކިޔެވުން ވެސް އޮންލައިން ކޮށް ކުރިއަށް ގެންދިއުމަށް ވަނީ އަންގާފައެވެ. ނަމަވެސް ޕްރައިމަރީ އާއި ސެކަންޑަރީ ކުދިން ސްކޫލަށް ގެންގޮސްގެން ކިޔަވައިދިނުން ހުއްޓާލަން ނިންމާފައެއް ނުވެއެވެ.

ކޮވިޑްގެ ސަބަބުން ރާއްޖޭގެ ސްކޫލުތައް ކުރިން ބަންދު ކުރުމަށް ފަހުން ސްކޫލުތައް ހުޅުވާ، 2020 ވަނަ އަހަރުގެ ދެވަނަ ޓާމްގެ ކިޔެވުން ފަށާފައި ވަނީ މިމަހު 10 ގައެވެ.

މި ދިޔަ އަހަރު ސްކޫލްތަކުގެ ޓާމު ކިޔެވުން ބަންދު ވި އިރު ރާއްޖެގައި ކޭސްތައް ވަނީ ދަށަށް ގޮސްފައެވެ. މިއަހަރު ފެށުނު އިރު 50 އިން ދަށުގައި ކޭސްތައް ހުރި ނަމަވެސް ސްކޫލަތައް ހުޅުވާލި ފަހުން ކޭސްތައް ވަނީ އިތުރު ވާން ފަށާފައެވެ. އަދި އެކިއެކި ސްކޫލުތަކުގެ މެނޭޖުމަންޓުގެ ބައެއް ބޭފުޅުންނާއި ބައެއް ދަރިވަރުން ކޮވިޑަށް ޕޮޒިޓިވް ވެފައި ވެއެވެ.

މިހާރު ފެންނަމުންދާ ކޭސްތަކުގެ ތެރެއިން ސްކޫލްތަކުގައި ކިޔަވާ ދަރިވަރުންގެ އިތުރުން ގިނަ ޓީޗަރުންނާއި ސްކޫލްތަކުގައި މަސައްކަތް ކުރާ މުވައްޒަފުން ހިމެނެއެވެ.