ހުޅުމާލޭ ފޭސް 2ގެ ހިޔާ ޕްރޮޖެކްޓްގެ ދަށުން ކޮމާޝަލް ސްޕޭސް އިން ކްލިނިކް، ފާމަސީ، ގްރޮސަރީ ސްޓޯރ އަދި ކެފޭ ހިންގާނެ މީހުން ހޯދަން އިއުލާންކޮށްފިއެވެ.
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނީ، ހުޅުމާލެ ފޭސް 2 ގައި ހިޔާ ޕްރޮޖެކްޓްގެ ދަށުން އިމާރާތް ކޮށްފައިވާ ހައުސިން ޔުނިޓުތަކުގެ ސަރަހައްދުގައި މީހުން ދިރިއުޅެން ފެށުމުގެ ކުރިން އެ ސަރަހައްދުގައި އާއްމުކޮށް ބޭނުންވާނެ އަސާސީ ގިނަ ހިދުމަތްތަކެއް ފޯރުކޮށްދޭނެ ފަރާތްތަކެއް ހޯދުމަށް ވަނީ އިއުލާންކޮށްފައި ކަމަށެވެ. އެގޮތުން އަސާސީ ހިދުމަތްދޭ ތަންތަނުގެ ގޮތުގައި އެއް ކްލިނިކާއި ފާމަސީއަކާއި 2 ސުޕަމާކެޓާއި 2 ގްރޯސަރީ ސްޓޯރާއި އަދި 2 ކެފެޓީރިއާ ހިންގުމަށް ފުރުސަތު ހުޅުވާލާފައިވާ ކަމަށް އެޗްޑީސީން ބުނެއެވެ.
އެ ކޯޕަރޭޝަނުން ބުނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ ހައުސިން ޔުނިޓުތަކަކީ ގިނަ އަދަދެއްގެ ރައްޔިތުންތަކެއް ދިރިއުޅޭނޭ ސަރަހައްދަކަށްވެފައި އެ ސަރަޙައްދުން ޒަރޫރީ ބޭނުންތަކަށް ކޮންމެހެން ބޭނުންވާނެ ގިނަ ހިދުމަތްތަކެއް ފޯރުކޮށްދިނުމަށް ގިނަ މަސަކަތްތަކެއް ދަނީ ކުރެވެމުން ކަމަށެވެ.
ހުޅުމާލެ ފޭސް 2 ގައި އެއް ކްލިނިކް ހިންގާނެ ފަރާތެއް ބޭނުން:
- ދިނުމަށް ހަމަޖެހިފައިވާ ޔުނިޓް: H12-G-D4
- ތަނުގެ ބޮޑު މިން: 2،195.91 އަކަފޫޓް
- ފުރަތަމަ ދެ އަހަރު ދައްކަންޖެހޭ ފައިސާ: އަކަފޫޓަކަށް 15 ރުފިޔާ
- 3 ވަނަ އަހަރުން ފެށިގެން 5 ވަނަ އަހަރަށް ދައްކަން ޖެހޭ ފައިސާ: އަކަފޫޓަކަށް 15 ރުފިޔާ
- ބިޑް ހުށަހެޅަންވީ ތާރީހް: ޖަނަވަރީ 21، 2021 ގެ މެންދުރު 12:00 ގެ ކުރިން
- މުއުލޫމާތު ދިނުމުގެ ސެޝަން ބާއްވާ ތާރީހް: ޑިސެންބަރު 30، 2020 ވަނަ ދުވަހު 14:00 ގައި
ހުޅުމާލެ ފޭސް 2 ގައި އެއް ފާމަސީ ހިންގާނެ ފަރާތެއް ބޭނުން:
- ދިނުމަށް ހަމަޖެހިފައިވާ ޔުނިޓް: H12-G-02
- ތަނުގެ ބޮޑު މިން: 542.39 އަކަފޫޓް
- ފުރަތަމަ ދެ އަހަރު ދައްކަންޖެހޭ ފައިސާ: އަކަފޫޓަކަށް 75 ރުފިޔާ
- 3 ވަނަ އަހަރުން ފެށިގެން 5 ވަނަ އަހަރަށް ދައްކަން ޖެހޭ ފައިސާ: އަކަފޫޓަކަށް 30 ރުފިޔާ
- ބިޑް ހުށަހެޅަންވީ ތާރީހް: ޖަނަވަރީ 21، 2021 ގެ މެންދުރު 15:00 ގެ ކުރިން
- މުއުލޫމާތު ދިނުމުގެ ސެޝަން ބާއްވާ ތާރީހް: ޑިސެންބަރު 30، 2020 ވަނަ ދުވަހު 13:00 ގައި
ހުޅުމާލެ ފޭސް 2 ގައި ސުޕާމާޓްގެ ދެ ޔުނިޓެއް ހިންގާނެ ބަޔަކު ބޭނުން:
- ދިނުމަށް ހަމަޖެހިފައިވާ ޔުނިޓްތައް: H16-G-05 އާއި H14-G-01
- H16-G-05 ޔުނިޓްގެ ބޮޑު މިން: 3106.89 އަކަފޫޓް
- H14-G-01 ޔުނިޓްގެ ބޮޑު މިން: 3291.28 އަކަފޫޓް
- ފުރަތަމަ ދެ އަހަރު ދައްކަންޖެހޭ ފައިސާ: އަކަފޫޓަކަށް 15 ރުފިޔާ
- 3 ވަނަ އަހަރުން ފެށިގެން 5 ވަނަ އަހަރަށް ދައްކަން ޖެހޭ ފައިސާ: އަކަފޫޓަކަށް 30 ރުފިޔާ
- ބިޑް ހުށަހެޅަންވީ ތާރީހް: ޖަނަވަރީ 19، 2021 ގެ މެންދުރު 12:00 ގެ ކުރިން
- މުއުލޫމާތު ދިނުމުގެ ސެޝަން ބާއްވާ ތާރީހް: ޑިސެންބަރު 29، 2020 ވަނަ ދުވަހު 14:00 ގައި
ހުޅުމާލެ ފޭސް 2 ގައި ގްރޯސަރީ ސްޓޯރުގެ ދެ ޔުނިޓެއް ހިންގާނެ ބަޔަކު ބޭނުން:
- ދިނުމަށް ހަމަޖެހިފައިވާ ޔުނިޓްތައް: H12-G-08 އާއި H16-G-01
- H12-G-08 ޔުނިޓްގެ ބޮޑު މިން: 1096.52 އަކަފޫޓް
- H16-G-01 ޔުނިޓްގެ ބޮޑު މިން: 1093.40 އަކަފޫޓް
- ފުރަތަމަ ދެ އަހަރު ދައްކަންޖެހޭ ފައިސާ: އަކަފޫޓަކަށް 15 ރުފިޔާ
- 3 ވަނަ އަހަރުން ފެށިގެން 5 ވަނަ އަހަރަށް ދައްކަން ޖެހޭ ފައިސާ: އަކަފޫޓަކަށް 30 ރުފިޔާ
- ބިޑް ހުށަހެޅަންވީ ތާރީހް: ޖަނަވަރީ 20، 2021 ގެ މެންދުރު 15:00 ގެ ކުރިން
- މުއުލޫމާތު ދިނުމުގެ ސެޝަން ބާއްވާ ތާރީހް: ޑިސެންބަރު 29، 2020 ވަނަ ދުވަހު 13:00 ގައި
ހުޅުމާލެ ފޭސް 2 ގައި ކެފެޓީރިއާގެ ދެ ޔުނިޓެއް ހިންގާނެ ބަޔަކު ބޭނުން:
- ދިނުމަށް ހަމަޖެހިފައިވާ ޔުނިޓްތައް: H15-G-10 އާއި H12-G-11
- H15-G-10 ޔުނިޓްގެ ބޮޑު މިން: 1085.86 އަކަފޫޓް
- H12-G-11 ޔުނިޓްގެ ބޮޑު މިން: 926.45 އަކަފޫޓް
- ފުރަތަމަ ދެ އަހަރު ދައްކަންޖެހޭ ފައިސާ: އަކަފޫޓަކަށް 15 ރުފިޔާ
- 3 ވަނަ އަހަރުން ފެށިގެން 5 ވަނަ އަހަރަށް ދައްކަން ޖެހޭ ފައިސާ: އަކަފޫޓަކަށް 30 ރުފިޔާ
- ބިޑް ހުށަހެޅަންވީ ތާރީހް: ޖަނަވަރީ 20، 2021 ގެ މެންދުރު 12:00 ގެ ކުރިން
- މުއުލޫމާތު ދިނުމުގެ ސެޝަން ބާއްވާ ތާރީހް: ޑިސެންބަރު 29، 2020 ވަނަ ދުވަހު 15:00 ގައި
އެޗްޑީސީން ބުނީ، މިފަހަރު އިއުލާން ކޮށްފައިވާ ޔުނިޓުތަކުގެ ކުލި ކޮވިޑާ ގުޅިގެން ދިމާވެފައިވާ ދަތިތަކަށް ލުއެއް ހޯދައި ދިނުމުގެ ގޮތުން ފުރަތަމަ 2 އަހަރު ދައްކަން ޖެހޭ ފައިސާ ކޮންމެ ޔުނިޓަކުން ވެސް އަކަފޫޓަކަށް 15 ރުފިޔާ ނެގުމަށް ވަނީ ނިންމާފައި ކަމަށެވެ. އަދި އެ ޔުނިޓުތަކާ އާރްއެފްޕީ އާ ބެހޭ އިތުރު މައުލޫމާތު އެ ކޯޕަރޭޝަންގެ ވެބްސައިޓުން އަދި މައި ހުޅުމާލެ ޕްރޮޕަޓީ ވެބްސައިޓުން ލިބޭނެ ކަމަށެވެ.