މިއަދު ރާއްޖޭގައި 30 މީހުން ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

މިއަދު ޕޮޒިޓިވް ވި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވް ވި 10 މީހަކާއި، މީހުން ދިރިއުޅޭ ރަށްތަކުގައި ކަރަންޓީނު ވި މީހުންގެ ތެރެއިން 6 މީހަކާއި، ރިސޯޓްތަކުން 5 މީހެއްގެ އިތުރުން ލިވަބޯޑެއް (ސަފާރީ) އެއްގައި ހުރި މީހަކާއި ހަދަމުންދާ ރަށަކުން ޕޮޒިޓިވްވި 7 މީހެކެވެ.

މިއަދާ ހަމައަށް އައި އިރު ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ އަދަދު ވަނީ 13،374 އަށް އަރާފައެވެ. އޭގެ ތެރެއިން މިއަދު 42 މީހަކު ރަނގަޅު ވެފައި ވާއިރު ބަލިން ރަނގަޅުވި ޖުމްލަ މީހުންގެ އަދަދު ވަނީ 12،878 އަށް އަރާފައެވެ.

މިވަގުތު މިބަލި ޖެހިފައި ތިބި މީހުންގެ އަދަދު 541 ގައި އުޅޭ އިރު، އެމީހުންގެ ތެރެއިން 47 މީހަކަށް ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ.

ކޮވިޑް ބަލީގައި ނިޔާވި މީހުންގެ އަދަދު 48 އަށް އަރާފައެވެ. އެއީ 41 ދިވެހިންނާއި ހަތް ބިދޭސީންނެވެ. އެ ބިދޭސީންގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ ހަ މީހަކާއި ފިލިޕީންސް މީހެކެވެ.

ނިޔާވި 48 މީހުންގެ އިތުރުން ކޮވިޑަށް ޕޮޒިޓިވްވި 7 މީހަކު ނިޔާވެފައި ވެއެވެ. އަދި އެ 7 މީހުންނަކީ ކޮވިޑް މަރެއް ނޫން ކަމަށް އެޗްޕީއޭއިން ވަނީ ނިންމާފައެވެ.