ތައިލޭންޑްގެ ރަސްގެފާނު މަހާ ވާޖިރަލޯންގްކޯން، އެ ގައުމުގެ 30000 އެއްހާ ގައިދީންނަށް މައާފުދެއްވާ، އިތުރު 200000 އެއްހާ ގައިދީންގެ ހުކުމް ލުއި ކޮށްދެއްވައިފިއެވެ.

ގިނަ ގައިދީންތަކަކަށް މައާފު ދެއްވާ، ހުކުމް ލުއި ކޮށްދެއްވާފައި ވަނީ، ތައިލޭންޑްގެ އަވަހަރާވެފައިވާ ރަސްގެފާނު ބޫމިބޯލް އަދުލްޔާދީޖްގެ "އުފަންދުވަހުގެ" މުނާސަބާގައި ކަމަށް މައުލޫމާތު ލިބެއެވެ.

ރަސްގެފާނު މަހާ ވާޖިރަލޯންގްކޯންގެ ވިރާސީ އަމުރުގެ ދަށުން ހުކުމް ލުއިވި ގައިދީންގެ ތެރޭގައި، ނޫސްވެރިޔާ ސުރައްޔަތު ސުތައްސަންޗިންދާ، ރެޑް-ޝާޓް މުޒާހަރާގެ ލީޑަރު ނައްޓަވޫޓް ސައިކުއާރާއި، ކުރީގެ ވިޔަފާރިއާ ބެހޭ ވަޒީރު ބޫންސޮންގް ޓެރިޔަޕިރޯމް ހިމެނެއެވެ.

ތައިލޭންޑްގެ ރަސްކަމާ މަހާ ވާޖިރަލޯންގްކޯން ހަވާލުވެވަޑައިގެންނެފި ފަހުން ގިނަ ބައެއްގެ ނަފުރަތު ވަނީ އަމާޒުވެފައެވެ. އެގޮތުން އެތައް ސަތޭކަ ހާސް ބަޔަކު ދަނީ ތައިލޭންޑުގެ ވިރާސީ ވެރިކަމުގެ ނިޒާމަށް އިސްލާނީ ބަދަލުތައް ގެނެސް، ރަސްގެފާނަށް ލިބިދީފައިވާ ކޮންޓްރޯލް ހަނި ކުރުމަށް ޑިމާންޑް ކޮށް، މުޒާހަރާ ކުރަމުންނެވެ.