މިއަދު 150 މީހުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ. މިއަދު ޕޮޒިޓިވް ވި ދިވެހިންގެ އަދަދު 58 އަށް އަރާފައި ވާ އިރު ބޭރުމީހުންގެ އަދަދު ވަނީ 92 އަށް އަރާފައެވެ. އެއީ މާލެ ސަރަހައްދުން ޕޮޒިޓިވް ވި 62 މީހަކާއި އަތޮޅު ތެރެއިން ޕޮޒިޓިވް ވި 88 މީހެކެވެ.

މިއަދާ ހަމައަށް އައި އިރު ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ އަދަދު ވަނީ 12،758 އަށް އަރާފައެވެ. އޭގެ ތެރެއިން މިއަދު 16 މީހަކު ރަނގަޅުވެފައި ވާއިރު ބަލިން ރަނގަޅުވި ޖުމްލަ މީހުންގެ އަދަދު ވަނީ 11،615 އަށް އަރާފައެވެ.

މިވަގުތު މިބަލި ޖެހިފައި ތިބި މީހުންގެ އަދަދު 1090 ގައި އުޅޭ އިރު، އެމީހުންގެ ތެރެއިން 92 މީހަކަށް ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ. އަދި 342 މީހަކު އައިސޮލޭޝަން ފެސިލިޓީ ތަކުގައި އެބަތިއްބެވެ.

މިއަދު ޕޮސިޓިވް ވެފައިވާ 150 މީހުންގެ ތެރެއިން ރަށްފަޅުހުރާ އިން 79 ކޭސް ރިޕޯޓު ކޮށްފައި ވެއެވެ.

ކޮވިޑް ޖެހިގެން މިހާތަނަށް ނިޔާވި މީހުންގެ އަދަދު ވަނީ 46 އަށް އަރާފައެވެ. އެއީ 39 ދިވެހިންނާއި ހަތް ބިދޭސީންނެވެ. އެ ބިދޭސީންގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ ހަ މީހަކާއި ފިލިޕީންސް މީހެކެވެ.

މީގެ އިތުރުން ނިޔާވި 46 މީހުންގެ އިތުރުން ކޮވިޑަށް ޕޮޒިޓިވްވި 7 މީހަކު ނިޔާވެފައި ވެއެވެ،. އަދި އެ 7 މީހުންނަކީ ކޮވިޑް މަރެއް ނޫން ކަމަށް އެޗްޕީއޭއިން ވަނީ ނިންމާފައެވެ.