29 ރަށެއްގެ އައުޓްޑޯ ޖިމްގެ ތަކެތި ރަށްރަށަށް ގެންގޮސް އިންސްޓޯލް ކުރުމަށް ކްރިނޮޒޯ ގްރޫޕް ޕްރައިވެޓް ލިމިޓެޑާއެކު ސޮއިކޮށްފިއެވެ.

މިއަދު މިނިސްޓްރީގައި ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓާ އަސްހަދު އަލީއެވެ. އަދި ކްރިނޮޒޯ ގްރޫޕް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިނާޔަތު ތައުފީގްއެވެ.

އެ އެއްބަސްވުމުގެ ދަށުން އައުޓްޑޯ ޖިމް ގާއިމް ކުރެވިގެންދަނީ އއ. ހިމަންދޫ، އއ. އުކުޅަސް، އއ. ތޮއްޑޫ، ދ. މީދޫ، މ. ވޭވަށް، މ. ނާލާފުށި، ފ. ދަރަނބޫދޫ، ފ. ފީއަލި، ތ. ހިރިލަންދޫ، ތ. ކިނބިދޫއެވެ.

އޭގެ އިތުރުން ތ. ކަނޑޫދޫ، ލ. މާވަށް، ލ. މާބައިދޫ، ލ. އިސްދޫ، ލ. ފޮނަދޫ، ލ. ހިތަދޫ، ލ. މާމެންދޫ، ލ. ގަން، ގއ. ކޮލަމާފުށި، ގއ.ކަނޑުހުޅުދޫ، ގއ. ކޮނޑޭ، ގއ. ދާންދޫ، ގދ. ގައްދޫ، ގދ. ތިނަދޫ، ގދ. ހޯޑެއްދޫ، ޏ. ފުވައްމުލައް، ސ. މަރަދޫ، ސ. ހިތަދޫ އަދި ސ. މަރަދޫ-ފޭދޫ އެވެ.

އެ މަސައްކަތް އެ ކުންފުންޏާއި ހަވާލުކޮށްފައިވަނީ ހަތަރު މިލިއަން ރުފިޔާއަށް ކަމަށް ޔޫތު މިނިސްޓްރީން ވަނީ ބުނެފައެވެ. އެ ޖިމްތަކަކީ އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގެ 61 ރަށުގައި ގާއިމްކުރާ އައުޓްޑޯ ޖިމްތަކުގެ ތެރެއިން ހަދާ ޖިމެވެ.