ކްރިމިނަލް ކޯޓާށާއި ސިވިލް ކޯޓަށް ފަނޑިޔާރުން ހޯދަން އިއުލާނު ކޮށްފިއެވެ.
ޖޭއެސްސީން މިއަދުު ކުރި އިއުލާނެއްގައިވާ ގޮތުން ކްރިމިނަލް ކޯޓަށް އެއް ފަނޑިޔާރަކު އަދި ސިވިލް ކޯޓަށް އެއް ފަނޑިޔާރަކު ހޯދަން ވަނީ އިއުލާނު ކޮށްފައެވެ.
އެ ދެ މަގާމުގެ ޝަރުތުތަކުގެ ތެރޭގައި އުމުރުން 25 އަހަރު ފުރިފައިވުމާ އިސްލާމީ ޝަރީއާ ނުވަތަ ގާނޫނު ނުވަތަ ގާނޫނާ އިސްލާމީ ޝަރީއާގެ ދާއިރާއިން ޑިގްރީ ހާސިލްކޮށްފައިވުން އަދި ގާނޫނީ ވަކީލުކަން ނުވަތަ ފަނޑިޔާރުކަމުގެ ދެ އަހަރުގެ ތަޖުރިބާ ލިބިފައިވުން ހިމެނެއެވެ.
ކްރިމިނަލް ކޯޓު އަދި ސިވިލް ކޯޓުގެެ ފަނޑިޔާރުންނަށް މުސާރައިގެ ގޮތުގައި މަހަކު 30،000 ރުފިޔާ ލިބޭއިރު ލިވިން އެލަވެންސަށް މަހަކު 15،000 ލިބެއެވެ. އަދި ރިސްކު އެލަވެންސްގެ ގޮތުގައި ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންނަށް 3،300 ރުފިޔާ އަދި ސިވިލް ކޯޓުގެ ފަނޑިޔާރުންނަށް 1،650 ރުފިޔާ ލިބެއެވެ.
އެ މަގާމުތަކަށް ޝައުގުވެރިވާ ފަރާތްތަކުން ހުށަހަޅަންޖެހޭޭ ލިޔެކިޔުންތަކާއެކު މިމަހުގެ ނުވަ ވަނަ ދުވަހުގެ ކުރިން އީމެއިލް ކުރުމަށް ޖޭއެސްސީން ވަނީ އެދިފައެވެ.