އައްޑޫ ސިޓީގައި ހުންނަ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް)ގެ އޮފީހުން ވައްކަން ކޮށްފިއެވެ.

ފުލުހުން ބުނީ އައްޑޫ ސިޓީ ހިތަދޫގައި ހުންނަ އެޗްއާރްސީއެމްގެ އޮފީހުން ވައްކަން ކޮށްފައިވާ މައްސަލަ މިއަދު ހެނދުނު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

މިހާތަނަށް ބެލިބެލުމުން ބައެއް ޑޮކިއުމެންޓްތަކާއި ދެ ލެޕްޓޮޕް އަދި ޑީވީއާރް ވަގަށް ނަގާފައިވާކަން އެނގިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެމައްސަލައިގައި މިހާތަނަށް މީހަކު ހައްޔަރު ކޮށްފައިނުވާއިރު ފުލުހުން ބުނީ އެމައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ އޮފީސް ފަޅާލާ ވައްކަންކޮށްފަވާ ކަން އެނގިފައިވަނީ މިއަދު ހެނދުނު އެތަނުގެ ދިދަ ނަގަން ދިއުމުންނެވެ.