އިނގިރޭސިވިލާތުގެ ސުޕާމާކެޓް ޗެއިންއެއް ކަމަށްވާ އައިސްލަންޑް ފުޑްސް ކުންފުންޏަށް 50 އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން، ޖައްވު ތެރެއަށް ޗިކަން ނަގެޓެއް ފޮނުވާލައިފިއެވެ.

މިއީ ޖައްވު ތެރެއަށް ޗިކަން ނަގެޓެއް ދޫކޮށްލި ފުރަތަމަ ފަހަރު ކަމަށް ވާއިރު، މިއީ މާ ބޮޑު ކަމެއް ކަމަށް ބައެއް މީހުންނަށް ގަބޫލު ނުކުރެވުނު ކަމުގައި ވީ ނަމަވެސް، މިއީ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމާއެކު ދުނިޔެއަށް މޮޅިވެރިކަން ކުރިމަތިވެފައިވާ މި ދަނޑިވަޅުގައި ލިބުނު އާދަޔާ ހިލާފު އުފަލެއް ކަމަށް، މި މަންޒަރު ބެލި މީހުން ދަނީ ބުނަމުންނެވެ.

އައިސްލަންޑް ފުޑްސްއިން ޖައްވު ތެރެއަށް ޗިކަން ނަގެޓް ދޫކޮށްލި މަންޒަރު ސޯޝަލް މީޑިއާގައި ހިއްސާކޮށްފައި ވާއިރު، އެތައް ހާސް ބަޔަކު ވަނީ އެ މަންޒަރުތައް ބަލާފައެވެ.

ލިބިފައިވާ މައުލޫމާތު ސައްހަ ކަމުގައި ވަނީ ނަމަ، އައިސްލަންޑް ފުޑްސްއިން ދޫކޮށްލި ޗިކަން ނަގެޓް ވަނީ، ދުނިޔޭގެ ސަތަހައިން ފެށިގެން 1.10 ލައްކަ ފޫޓަށް ޖައްވު ތެރެއަށް، 45 މިނެޓުން، އަރާފައެވެ. އެއަށްފަހު، ޕެރަޝޫޓެއްގެ އެހީގައި މި ޗިކަން ނަގެޓް ބިމާ ހިސާބަށް ގެނައި ކަމަށްވެސް މައުލޫމާތު ލިބެއެވެ.

157 މިލިއަން ޕައުންޑްގެ އަގުހުރި އައިސްލަންޑް ފުޑްސް މައިގަނޑު ގޮތެއްގައި ހާއްސަ ވަނީ، ގަނޑުކުރި ކާބޯތަކެތީގެ އުފެއްދުންތަކަކަށެވެ.