ޏ. ފުވައްމުލަށް ރިންގް ރޯޑް މަޝްރޫއުގެ 86 ޕަސެންޓް މަސައްކަތް ނިމިއްޖެއެވެ.

އެމަސައްކަތުގެ ދަށުން މިހާތަނަށް ރިންގްރޯޑްގެ 86 އިންސަތަ އަދި އެތެރޭގެ މަގުތައް ހެދުމުގެ 9 އިންސައްތަ މަސައްކަތް ނިންމާފައިވާ ކަމަށް އެމްޓީސީސީން މައުލޫމާތު ދެއެވެ.

އެ މަޝްރޫއުގެ ތެރެއިން ފެންހިންދާ ނިޒާމަކާއެކު 20،650 އަކަ މީޓަރުގެ ސަރަޙައްދެއްގައި ތާރު އެޅުމާއި، 144 ލެޑް މަގުބައްތި ހަރުކުރުމުގެ އިތުރުން ސްޕީޑް ބްރޭކަރު ހަރުކުރުމާއި މަގުމަތީ ނިޝާން ހަރުކުރުމުގެ މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިން އެންޑް އިންފްރާސްޓްރަކްޗަރއިން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއަކީ 32.04 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. އެމްޓީސީސީން އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މިއަހަރުގެ މާރޗް މަހުގެ 29 ވަނަ ދުވަހުއެވެ. މަސައްކަތް ނިމޭނެކަމަށް އެ ކުންފުނިން ލަފާކޮށްފައިވަނީ އަންނަ ނޮވެމްބަރު މަހުއެވެ.

ފުވައްމުލަކު ރައްޔިތުންގެ އަބަދުވެސް ޝަކުވާ އަކީ ވާރޭކޮޅެއް ވެހިލާއިރު މަގުތަކުގައި ފެންބޮޑުވެ ފެން ނުހިނދި އެތައް ދުވަހެއް ހޭދަމުވެ. އަދި ފެން ހިނދުމަށްފަހު ވެސ ބޮޑެތި އަޑިގަޑުތައް ހުރުމުގެ ސަބަބަބުން އެކި ކަހަލަ ގެއްލުންތައް ލިބޭ ކަމެވެ. ނަމަވެސް ފުވައްމުލަކުގެ މަގުތައް ހެދުމުގެ މަޝްރޫއު އެމްޓީސީސީން ފަށާފައިވާއިރު މަގުތަކުގެ މަސައްކަތްތައް ނިމުމުން މިހާރު ދިމާވާ ދަތިތަކަށް ހައްލު ލިބި، ރައްޔިތުން ދެކެމުންދިޔަ ހުވަފެންތައް ހަގީގަތަކަށް ވާނެއެވެ.

މިހާތަނަށް އައިރު އެރަށުގެ ފެނާ ނަރުދަމާގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިފައި ނުވާތި މަގުތައް ހަދާ ނިމޭއިރު އެކަމަށް ވެސް ހައްލެއް ލިބބިގެންދިއުމަކީ އެރަށު ރައްޔިތުން އުއްމީދު ކުރާކަމެކެވެ.