ކޮވިޑު ޖެހިގެން 56 އަހަރުގެ މީހަކު ނިޔާވެއްޖެއެވެ.

ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނީ ކޮވިޑް ޖެހިގެން ނިޔާވެފައި ވަނީ، 56 އަހަރުގެ ދިވެހި އަންހެނެއް ކަމަށާއި، އޭނާ ނިޔާވީ ޑީއެޗް11ގައި އެޑްމިޓްކޮށް، ފަރުވާ ދެމުން ދަނިކޮށް ކަމަށެވެ. އަދި އޭނާ ނިޔާވީމިއަދު 02:20 ހާއިރު ކަމަށް ވެސް އެޗްއީއޯސީން މައުލޫމާތުދެއެވެ.

މިއީ ކޮވިޑް ޖެހިގެން ރާއްޖެއިން ނިޔާވި 35 ވަނަ މީހާއެވެ.

މިހާތަނަށް މިބައްޔަށް 10،859 މީހަކު ޕޮޒިޓިވް ވެފައި ވާއިރު، 9683 މީހަކު ވަނީ ބަލިން ރަނގަޅު ވެފައެވެ. އަދި 1135 އެކްޓިވް ކޭސް އުޅޭއިރު، އޭގެ ތެރެއިން 74 މީހުން ހޮސްޕިޓަލުގައި ތިބި އިރު 376 މީހުން ތިބީ އައިސޮލޭޝަނުގައެވެ.

އެޗްޕީއޭއިން ބުނާގޮތުގައި މީހުން ދިރިއުޅޭ 22 ރަށެއްގައި މިވަގުތު ކޯވިޑް-19 ޖެހިފައިވާ ތިބި 153 މީހުން ތިބި ކަމަށެވެ. އޭގެ އިތުރުން 20 ރިސޯޓެއްގައި ވެސް ބަލިޖެހިފައިވާ މީހުން ތިބި އިރު މީގެ ތެރޭގައި 10 ފަތުރުވެރިންނާ 17 ސްޓާފުން ހިމެނެއެވެ.

އިއްޔެ 51 މީހަކު ރާއްޖެއިން ކޮވިޑް-19އަށް ޕޮޒިޓިވް ވެފައިވާއިރު އިތުރު 94 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ.