އައްޑޫ ސިޓީގައި ރެންޑަމް ސާމްޕަލް ނަގަން ހަމަޖެހިފައިވާ ކަމަަށް އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އިން ބުނެފިއެވެ.

އޭއީއެޗް އިން ބުނީ ކޮވިޑް-19ގެ ހާލަތާއި ގުޅިގެން ރާއްޖޭގެ ހުރިހާ ސަރަހައްދަކުން ވެސް ކޮވިޑް ސަވައިލެންސް ސާމްޕަލް ނެގުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެގޮތުން އައްޑޫ ސިޓީއިން ނެގުމަށް ހަމަޖެހިފައި ވާ ސާމްޕަލްތައް ނެގުން މިމަހު 26 އަދި 29 ގައި އެސިޓީގެ އެކި ސަރަހައްދުތަކުގައި ކުރިއަށް ދާނެ ކަމަށް އެހޮސްޕިޓަލުން ވަނީ ބުނެފައެވެ.

އެހޮސްޕިޓަލުން ވަނީ އެކަމަށް ހުރިހާ ފަރާތަކުން އެބާރުލުން ދިނުމަށް އެދިފައެވެ.

އައްޑޫ ސިޓީ އިން ވެސް މިހާރު ވަނީ ޕޮޒިޓިވް ކޭސްތައް ފެނިފައެވެ. އަދި މިއީ އައްޑޫ ސިޓީގައި ރެންޑަމް ސާމްޕަލް ނަގާ ފުރަތަމަ ފަހަރުވެސް މެއެވެ.

ރާއްޖޭގައި މިހާރު ޕޮޒިޓިވް ވާ ކޭސްތަކުގެ އަދަދު ދަށްވަމުން އަންނައިރު މި ބައްޔަށް ވަނީ 9939 މީހުން ޕޮޒިޓިވް ވެފައެވެ. އަދި އޭގެ ތެރެއިން 34 މީހަކު ވަނީ ނިޔާވެފައެވެ.