ރުއް އަރަމުންވެސް ޕްރެސް ކޮންފަރެންސް ކުރިއަށް ގެންދެވިދާނެ ކަން، ސްރީލަންކާގެ ރުއްގަސްތަކާ ރަބަރު އުފެއްދުމުގެ ސިނާއަތާ ބެހޭ ސްޓޭޓް މިނިސްޓަރު އަރުންދިކާ ފެނާންޑޯ ސާބިތުކޮށްދެއްވައިފިއެވެ.

ނޫސްވެރިންގެ ބައްދަލުވުން އާންމުކޮށް ހިނގަމުންދާ ސަގާފަތް މުގުރާލައްވަމުން، ސްޓޭޓް މިނިސްޓަރުގެ ޕްރެސް ކޮންފަރެންސް ކުރިއަށް ގެންދެވީ ޑަންކޮޓުވާގެ ރުއް ދަނޑެއްގައި ހުރި ރުކަކަށް އަރާ ހުންނަވައިގެންނެވެ. ރުކަށް އަރާ ހުންނެވީއެއް ނޫނެވެ. ރުކަށް އަރާ ހުންވައިގެން ކާއްޓާއި ކުރުނބާވެސް އެޅުއްވިއެވެ.

ރުކަށް ހުންނަވައިގެން ނޫސްވެރިންނާ މުހާތަބު ކުރައްވާ، ވާހަކަދައްކަވަމުން ސްޓޭޓް މިނިސްޓަރު ވިދާޅުވީ ދުނިޔޭގެ އެކި ހިސާބުތަކުން ރުކުގެ އެކި އުފެއްދުންތަކަށް ވަރުގަދަ ޑިމާންޑެއް އެބައޮތް ކަމަށާ، ޑިމާންޑް އިތުރުވަމުން އަންނައިރު، މިކަމާ ގުޅޭ އުފުލެމުން އަންނަ ކަމަށެވެ.

މިމޭރުމުން ޕްރެސް ކޮންފަރެންސް ކުރިއަށް ގެންދަވަމުން ސްޓޭޓް މިނިސްޓަރު ވަނީ ރުއް އަރަން އުޅޭ މީހުންނަށް ދޭ އުޖޫރަ ބޮޑު ކުރުމަށްވެސް ގޮވާލައްވާފައެވެ. އެގޮތުން އެމީހަކު އަރާ ކޮންމެ ރުކަކަށް 100 ރުޕީޒް ހަމަޖައްސާ ދިނުމަށްވެސް ފެނާންޑޯ ވަނީ ގޮވާލައްވާފައެވެ.

ރާ އަރާ މީހުންނާއި ކާށި އަޅާ މީހުން ހޯދަން ދަތިވެފައި ވީ ނަމަވެސް، ސްރީލަންކާއަށް ކާށި އިމްޕޯޓް ނުކުރައްވާނެ ކަމަށް ފެނާންޑޯ ވިދާޅުވިއެވެ.

މީޑިއާއަށް މައުލޫމާތު ދެއްވަމުން ސްޓޭޓް މިނިސްޓަރު ވަނީ، ރުއް އަރަން ހާއްސަކޮށްގެން ވަރަކަޕޯލާގެ އާންމު ފަރުދަކު ތައްޔާރުކޮށްފައިވާ މެޝިނެއްވެސް ޓެސްޓު ކުރައްވާފައެވެ. އަދި ފުޅާ ދާއިރާއެއްގައި މި މެޝިން ތައާރަފުކުރުމަށް ފިޔަވަޅުތަކެއް އަޅުއްވާނެ ކަމަށްވެސް ސްޓޭޓް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.