ރާއްޖެ އާއި އިންޑިއާގެ ކޮޗިންއާ ދެމެދު ކާގޯ ފެރީގެ ހިދުމަތް ފެށުމަކީ މިހާރު ގިނަ ބަޔަކު ދެކެމުން އަންނަ ހުވަފެނެއް ކަން ޔަގީނެވެ. މި ހިދުމަތާއެކު ދެގައުމުގެ ގުޅުން އިތުރަށް ވަދަގަދަވެގެން ދާނެއެވެ.
އެހިދުމަތާއެކު ރާއްޖެއާއި އިންޑިއާ އާ ދެމެދު އޮތް ވިޔަފާރީގެ ގުޅުން އިތުރަށް ހަރުދަނާ ވެގެން ދާނެ ކަމަށް ވެސް ފޮރިން މިނިސްޓްރީން ބުނެއެވެ.
އެކި މީހުން އެކި ފައިދާއަށް ވިސްނަމުން ދާއިރު އަނެއް ބަޔަކު ތައްޔާރު ވަނީ ދިވެހިންނާ ކައިވެނި ކޮށްގެން ގިނަ ދަރިން ހޯދާށެވެ. އިންޑިއާއާއި ރާއްޖޭގެ ގުޅުމުގެ ގިނަ ވާހަކަތަކެއް ހިއްސާ ކުރާ ފޭސްބުކްގެ ޕޭޖެއް ކަމަށްވާ "އިންޑިއާ މޯލްޑިވްސް ފްރޭންޑްޝިޕް" ގައި އޮތީ އެވާހަކަ ވެސް ގެނެސްފައެވެ.
އެޕޯސްޓުގައި ބުނެފައިވަނީ ރާއްޖެ އާއި އިންޑިއާގެ ކޮޗިންއާ ދެމެދު ކާގޯ ފެރީގެ ހިދުމަތް ފެށުމުން އިންޑިއާގެ ސަގާފަތާއި މީހުން ވެސް އިތުރު ވެގެންދާނެ ކަމަށެވެ. އަދި ހަމައެހެންމެ އޭގެ ސަބަބުން ރާއްޖޭގެ ފަގީރުންނަށް ވެސް ފައިދާ ވާނެ ކަމަށް އެ ޕޯސްޓުގައި ބުނެފައި ވެއެވެ.
އޭގެ އިތުރުން އެގައުމުގެ މީހުންނަށް ރާއްޖޭގެ އަންހެން ކުދިންނާ ކައިވެނި ކުރެވޭނެ ކަމަށާއި އަދި އެމީހުންގެ ދިރިއުޅުން ފަސޭހަ ވެގެންދާ ކަމަށް ވެސް އެ ޕޯސްޓުގައި ބުނެއެވެ.
ބޭރުގެ ބައެއް ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި އެ ކާގޯ ބޯޓު ސޫތުކުޅިން މިމަހުގެ 20 ވަނަ ދުވަހު ފުރައިގެން 22 ވަނަ ދުވަހު ކޮޗިން ބަނދަރަށް ކައިރި ކުރުމަށް ފަހު ރާއްޖެއަށް ދަތުރު ފަށަން އޮތީ ހަމަޖެހިފައެވެ. އަދި ރާއްޖެއަށް ފެރީ އަންނާނެ ކަމަށް ލަފާކޮށްފައި ވަނީ 26 ވަނަ ދުވަހު ކަމަށް އެރިޕޯޓުގައި ވަނީ ބުނެފައެވެ.
އެގޮތުން މިހިދުމަތް ފެށުމާއެކު ކޮންމެ މަހަކު ދެ ތިން ދަތުރު ކުރަން ރާވާފައިވާ ކަމަށް ވެސް ރިޕޯޓުގައެވެ.
އެކަމާ ގުޅިގެން 'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން ފޮރިން މިނިސްޓްރީގެ އޮފިޝަލެއް ވިދާޅުވީ މި މަހު ފަހުކޮޅު އެ ހިދުމަތް ފަށާނެ ކަމަށާއި ނަމަވެސް، ތާރީހު ރަސްމީކޮށް އަދި އިއުލާނު ނުކުރާ ކަމަށެވެ.
ބޭރުގެ ނޫސްތަކުން ބުނާގޮތުގައި ރާއްޖެ އަށް އަންނަ ފުރަތަމަ ބޯޓުގައި ގެނުމަށް ހަމަޖެހިފައި ވަނީ އިލެކްޓްރިކް މެޝިނަރީ އާއި ފަރުނީޗަރާއި ބޭހުގެ ބާވަތްތަކާއި ކާބޯތަކެއްޗެވެ.
ފުރަތަމަ ބަލާބަލަ އިންޑިއާގެ ފަގީރުންނަށް އެހީވެވޭތޯ އާ ފައިދާއެއް ކުރޭތޯ ތިޔަތަނާ ބަލާފަ މިރާްްޖޭގް ނޫޅޭ ފަގީރަކކު