އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރުކަމުގެ މަގާމަށް އަހްމަދު އިމާދު އައްޔަން ކުރުމަށް މަޖިލީހުން ރުހުން ދީފިއެވެ.

ޑެޕިއުޓީ ގަވަރުނަރު ކަމަށް އިމާދު އައްޔަން ކުރުމާމެދު އިމާދުގެ ނަން ދިރާސާ ކުރުމަށްފަހު މާލިއްޔަތު ކޮމިޓީން ވަނީ ދިރާސާ ކުރުމަށްފަހު ވޯޓަށް އެހުމަށް މިއަދު މަޖިލިސް ތަޅުމަށް ފޮނުވާފައެވެ. އޭނާ މި މަގާމަށް އައްޔަން ކުރުމަށް ރުހުން ދީފަިއ ވަނީ 69 މެންބަރުންގެ ވޯޓައެކުއެވެ.

ޑެޕިއުޓީ ގަވަރުނަރު ކަމަށް އިމާދު އައްޔަން ކުރުމާ މެދު މަޖިލީހުގެ ރުހުން ހޯދުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ މިދިޔަ އޮގަސްޓް 24ގައި ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފައެވެ. އެއާއެކު އިމާދުގެ ނަން ދިރާސާ ކުރުމަށް މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ވަނީ ފޮނުވާފައެވެ.

އިމާދު މިހާރު ހުންނެވީ އެމްއެމްއޭގެ މަނިޓަރީ ޕޮލިސީ ރިސާޗު އެންޑް ސްޓެޓިސްޓިކްސް ޑިވިޝަންގެ އެކްޒެކެޓިވް ޑިރެކްޓަރެއްގެ މަގާމުގައެވެ.

އިމާދު ވަނީ އިނގިރޭސި ވިލާތުން މާސްޓާސް އޮފް ސައިންސް އިން އިކޮނޮމިކްސް އެންޑް ފައިނޭންްސް އަދި މެލޭޝިއާ އިން ބެޗެލާ އޮފް ބިޒްނަސް (އިކޮނޮމިކްސް އެންޑް ސައިންސް) ގެ ދާއިރާ އިން ތައުލީމު ހާސިލް ކުރައްވާފައެވެ.

އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރުކަމުގެ މަގާމު ހުސްވީ، ކުރިން އެ މަގާމުގައި ހުންނެވި އައިޝަތު ޒާހިރާ މަގާމުން ރިޓަޔާ ކުރެއްވުމާ ގުޅިގެންނެވެ.