މޫސުން ގޯސްވެ، ކ އަތޮޅުން އައްޑޫ ސިޓީއަށް ޔެލޯ އެލާޓް ނެރެފިއެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން އެސަރަހައްދަށް މިރޭ 8:00 އިން 12:00އަށް ޔެލޯ އެލާޓު ނެރެފައިވާއިރު އެސަރަހައްދަށް ބޯކޮށް ވާރޭވެހި ގަޑިއަކު 28 މޭލާއި 35 މޭލާ ދެމެދު ބާރުމިގައި ވައިޖެހޭނެ ކަމަށް އެއިދާރާއިން ވަނީ ބުނެފައެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 55 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ވެސް މެޓް އޮފީހުން ވަނީ ބުނެފައެވެ.

އޭގެ އިތުރުން މެޓް އޮފީހުން ވަނީ 8:20 އިން ދަންވަރު 2:00އަށް ވައިތް އެލާޓު ވެސް ނެރެފައެވެ. އެސަރަހައްދަށް ގަޑިއަކު 22 މޭލާއި 27 މޭލާ ދެމެދު ބާރުމިނުގައި ވައިޖެހި، ކަނޑުތައް ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ.

މެޓް އޮފީހުން ބުނީ ރާޅުގެ އުސްމިން 4–- 7 ފޫޓު ހުންނާނެ ކަމަށެވެ.

ބޯކޮށް ވާރޭވެހި، ވިލާގަނޑުތެރޭގައި ވައި ގަދަވެ ކަނޑުތައް ގަދަ ވާނެކަމަށް ލަފާކުރެވޭތީވެ، އެންމެހައި ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އެދިފައެވެ.