އެންމެ މިސްވަނީ އާއިލާ. މަންމަ ކައްކާފައި ކާންދޭ މީރު ކެއުން. ވަކިން ފެސިލިޓީއެއްގައި، އާއިލާއާ ބައްދަލުނުވެ، މިހާ ދުވަސްވީމަ ދެރަވޭ،
އުމުރުން 24 އަހަރުގެ މަރިޔަމް ޝިއުނާ ބުންޏެވެ.

ޝިއުނާ އަކީ ކޮވިޑް-19 ގެ ފްރޮންޓްލައިންގައި އެންމެ ބުރަ، އެންމެ ނުރައްކާތެރި އެއް މަސައްކަތް ކަމަށްވާ ރެޕިޑް ރެސްޕޮންސް ޓީމް (އާރްއާރްޓީ)ގެ ހިދުމަތްތެރިއެކެވެ.

އެ މަސައްކަތުގައި އޮތް ނުރައްކާތެރިކަން ޝިއުނާ ވެސް ގަބޫލުކުރެއެވެ. އޭނާ އާއި އެހެން ބައިވެރިންގެ މުޅި ދުވަސް ކަހަލަ ގޮތަކަށް ހޭދަކުރަނީ މަސައްކަތުގައެވެ.

ފެޔަށް ޖެހުމުގެ ބަދަލުގައި މީ އަޅުގަނޑުމެންގެ ބޭނުން ގައުމަށް ޖެހިފައިވާ ވަގުތު. ކިޔަވަމުން، އެހެން ކަންކަމަށް ވަގުތު ދެމުން ހަމަ ނިދި ނުލިބި މިއުޅެނީ އާރްއާރްޓީގެ އޮޕަރޭޝަންގައި
މަރިޔަމް ޝިއުނާ

ޝިއުނާއަކީ ޕިލިޕީންސްގައި ސިއްހީ ދާއިރާއިން މަތީ ތައުލީމް ހާސިލް ކުރަމުން އަންނަ ޒުވާނެކެވެ. ކޮވިޑުގެ ސަބަބުން ކޮލެޖު ބަންދުކުރުމާއެކު ޝިއުނާ ރާއްޖެ އައީ، ރާއްޖެއަށް ސިއްހީ ހިދުމަތްތެރިންގެ ބޭނުން އިންތިހާއަށް ޖެހިފައިވާ ހައްސާސް ވަގުތެއްގައެވެ. ކޮވިޑު 19ގެ ބިޔަ ރާޅު ރާއްޖެއަށް ބިންދާލައި، އެތައް ބަޔަކު އެ ބައްޔަށް ޕޮޒިޓިވްވަމުން ދިޔަ ނުރައްކާތެރި ވަގުތުގައެވެ.

ކޮވިޑާ ގުޅިގެން އެކުލަވާލި ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)އަށް ސިއްހީ ހިދުމަތްތެރިން ބޭނުންވެގެން އެކަން އިއުލާނު ކުރުމާއެކު ޝިއުނާ ނިންމީ އޭނާގެ ތައުލީމާއި، ހުނަރުގެ އަލީގައި ގައުމަށް ހިދުމަތްކޮށްދޭން ނުކުތުމަށެވެ. އެ އަޒުމުގައި ޝިއުނާ މީގެ ތިން މަސް ދުވަސް ކުރިން ކޮވިޑުގެ އޮޕަރޭޝަންގައި އެންމެ މުހިންމު ދައުރެއް އަދާކުރާ އާރްއާރްޓީއާ ގުޅުނީ، އެތައް ކަމެއް ގުރުބާންކޮށްލުމަށް ފަހުއެވެ.

މަރިޔަމް ޝިއުނާ

ޝިއުނާ ބުނި ގޮތުގައި އޭނާ އެންމެ ފުރަތަމަ އާރްއާރްޓީގައި މަސައްކަތްކުރީ ވޮލެންޓިއަރެއްގެ ގޮތުގައެވެ. އެންމެ ފުރަތަމަ އޭނާ ކުރި ކަމަކީ، ސައިކޯ ސޯޝަލް ސަޕޯޓް (ޕީއެސްއެސް) ދިނުމެވެ. އެކަމުން ތަޖުރިބާ ހޯދުމަށް ފަހު އޭނާ ވަނީ ކޮވިޑުގެ ސާމްޕަލް ނެގުމުގައި ހަރަކާތްތެރިވާން ފަށައިފައެވެ.

ޝިއުނާ ސިފަކުރާ ގޮތުގައި، އާރްއާރްޓީގައި މަސައްކަތް ކުރުމަކީ ފަސޭހަ ކަމެއް ނޫނެވެ. އެގޮތުން އެންމެ އުނދަގޫވަނީރައްކާތެރިވުމުގެ ގޮތުން އަޅަން ޖެހޭ ޕީޕީއީއެކު ގިނަ ވަގުތު އުޅެން ޖެހުމެވެ. ޕީޕީއީގެ ހުރިހާ އެއްޗެއް ލައިގެން އުޅޭ އިރު ހަށިގަނޑަށް ވަރަށް ހޫނުވާ ކަމަށް އޭނާ ބުންޏެވެ.

އާރުއާރުޓީ ޓީމު ތައްޔާރު ވުން
ޑީހައިޑްރޭޓްވުމުން ފެންފޮދެއް އެކަނި މި ބޮވެނީ. ބައެއް ދުވަސް ދުވަހު އަށް ގަޑިއިރުވެސް ސޫޓް ލައިގެން އުޅެން ޖެހޭ
މަރިޔަމް ޝިއުނާ

ސާމްޕަލް ނަގަން ދިއުމުގައި ހަނދާނުން ފޮހެލަން ދަތި އެތައް ހާދިސާއަކާ، އާރުއާރުޓީ މެމްބަރުންނަށް ވަނީ ދިމާވެފަ އެވެ. އެގޮތުން ޝިއުނާއަށް އެންމެ އުނދަގޫވީ އުމުރުން އެންމެ ދެ ދުވަހުގެ ތުއްތު ކުއްޖެއްގެ ސާމްޕަލް ނެގުމުގައި އުޅުނު ވަގުތުވެ.

ބައެއް މީހުންނަށް ހީވެފައި އޮންނަނީ ސާމްޕަލް ނެގުމަކީ ވަރަށް ތަދުވާނެ ނުވަތަ ވަރަށް ވޭން ހުރި ކަމެކޭ. އެހެންވެ، އަޅުގަނޑުމެންނާއެކު ދާނެ ޕީއެސްއެސް ދިނުމަށްވެސް ކުއްޖަކު، އޭރަށް ބޮޑަށް އެމީހަކު ކާމް ކޮށްގެން ވިސްނައިދީގެން ސާމްޕަލް ނެގޭނީ
ތަފުސީލު ދެމުން ޝިއުނާ ކިޔައިދިނެވެ.
އެއް ކޭސްއަކީ ދެ ދުވަހުގެ ބޭބީއެއްގެ ސާމްޕަލް ނެގުން. ބޭބީއެއް ވީމަ އަޅުގަނޑުމެންނަށްވެސް ފަސޭހައެއް ނުވި ސާމްޕަލް ނަގާކަށް. ދެނޭފަތުންނާއިކަރުބުޑަށްކޮށްފައިގެންސާމްޕަލް ނަގާއިރު، ބޭބީއެއް ވީމަ އެބަ ހުރި އުނދަގޫތަކެއް. މި ކޭސްގައި ވީގޮތަކީ އަޅުގަނޑުމެން ސާމްޕަލް ނަގަން ކޮށްޕާލީމާ ރޯން ފެށީ. ދެން ބޭބީގެ ޕޭރެންޓްސްވެސް ވަރަށް ބޮޑަށް ހިތްހަމަ ނުޖެހިފައި ތިބީ އަޅުގަނޑުމެން ދެކެ. އުނދަގޫވީ އަސްލު ބޭބީއަށް އެއްވެސް ގެއްލުމެއް ނުލިބޭކަމުގެ ޔަގީންކަން ޕޭރެންޓްސްއަށް ދޭން
މަރިޔަމް ޝިއުނާ

ދެން އޮތީ ސާމްޕަލް ނަގަން ދެކޮޅުހަދާ މީހުންގެ ފަރާތުން ކުރިމަތިވާ އުނދަގޫ ވަގުތުތަކެވެ. ދެކޮޅު ހެދުމުގެ އިތުރުން ސާމްޕަލް ނަގަން ޖެހިލުންވާ މީހުން ވެސް ވަރަށް ގިނައިން ދިމާވެ އެވެ. އޭގެ ސަބަބަކީ،ޝިއުނާ ބުނި ގޮތުގައި، ސާމްޕަލްއާ ބެހޭ މައުލޫމާތު ފުރިހަމައަށް ލިބިފައި ނެތުމެވެ.

ބައެއް މީހުންނަށް ހީވެފައި އޮންނަނީ ސާމްޕަލް ނެގުމަކީ ވަރަށް ތަދުވާނެ ނުވަތަ ވަރަށް ވޭން ހުރި ކަމެކޭ. އެހެންވެ، އަޅުގަނޑުމެންނާއެކު ދާނެ ޕީއެސްއެސް ދިނުމަށްވެސް ކުއްޖަކު، އޭރަށް ބޮޑަށް އެމީހަކު ކާމް ކޮށްގެން ވިސްނައިދީގެން ސާމްޕަލް ނެގޭނީ
މަރިޔަމް ޝިއުނާ
މަރިޔަމް ޝިއުނާ

އާރްއާރްޓީ މަސައްކަތްކުރަނީ ދުވާލަކު ތިން ޝިފްޓަކަށް ބަހާލައިގެންނެވެ. އާރްއާރްޓީގައި ގިނައީ ކިޔަވާ ކުދިންނެވެ. ޝިއުނާ ބުނި ގޮތުގައި، ކިޔެވުމަށް ބޭނުންވާ ވަގުތު، އެޗްއީއޯސީގެ މެނޭޖުމެންޓުން ހުސްކޮށް ދެއެވެ.

އާރްއާރްޓީގެ ކޮންމެ މިޝަންއަކަށް ޓީމުތައް ދަރުބާރުގެއިން ނައްޓާލުމުގެ ކުރިން އެ ޓީމުތަކަށް އާރްއާރްޓީގެ އެހެން މެންބަރުންގެ ފަރާތުން ތަރުހީބުގެ އަތްތިލަބަނޑިއެއް ދެ އެވެ. އެއީ ޓީމުތަކަށް ދޭ ހިތްވަރެކެވެ.

އާމިނަތު ނާޒިއާ

އާރްއާރްޓީއަކީ ހަމައެކަނި ސާމްޕަލް ނަގާމީހުންގެ މައްޗަށް އެކުލެވޭ ޓީމެއް ނޫނެވެ. އެއަށްވުރެ އާރްއާރްޓީގެ މަސައްކަތް ފުޅާވެފައި ބުރަ ބޮޑެވެ. ކޮވިޑްގެ ބަލި މީހުން އެއްތަނުން އަނެއް ތަނަށް އުފުލުމަކީވެސް، އާރްއާރްޓީގެ މަސްއޫލިއްޔަތުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

އުމުރުން 19 އަހަރުގެ އާމިނަތު ނާޒިއާ އަކީ ކޮވިޑްގެ ބަލިމީހުން އެއްތަނުން އަނެއް ތަނަށް އުފުލުމުގެ މަސައްކަތުގައި އުޅޭ ޒުވާނެކެވެ. މިއީ ވެސް އުނދަގޫ އަދި ބައެއް މީހުންގެ ނުރުހުމުގެ ބަސްތައް އަމާޒުވާ ކަމެކެވެ. އެގޮތުން ކިރިޔާލަސްވިޔަސް ވަރަށް ދެރަވާކަހަލަ ބަސްތައް ބައެއް މީހުން ބުނެފައި އެބަހުރި ކަމަށް އޭނާ ކިޔައިދިނެވެ.

ނާޒިއާ އާއި ޝިއުނާވެސް މިއަދު އެތިބީ، އަމިއްލަ އެތައް އުފަލެއް ގުރުބާންކޮށް، އެކަމަކު ގައުމީ ޚިދުމަތުގަ އެވެ. ލޯބިވާ އާއިލާއާ ދުރުގައެވެ. ކޮވިޑުގެ ބަލި މަޑުކަމުން ގައުމު ސަލާމަތުގެ އައްސޭރިއަކަށް ގެންދަން އަތުކުރި އޮޅާލައިގެންނެވެ. އުނދަގުލާއި ވޭނުގައި ރެއާއި ދުވާލު ވަރުބަލިކަމެއްނެތި އެވެ.

މި ދެ ޒުވާނުން ދިވެހި ރައްޔިތުންނަށް ކުރާ އިލްތިމާސެއް އެބައޮތެވެ: ސިއްހީ ހިދުމަތްތެރީންގެ ބަސްއަހާށެވެ. ސިއްހީ ހިދުމަތްތެރިންނަށް އެއްބާރުލުންދީ ކޮވިޑުގެ ބަލިމަޑުކަމުން އަރައިގަތުމަށް ގުޅިގެން މަސައްކަތްކޮށްދޭށެވެ.