ދިރާގު މޯބައިލް ކަސްޓަމަރުންނަށް ހާއްސަ ސްޓްރީމިން ބަންޑަލްސް އިން މިހާރު ދިވެހިންގެ މެދުގައި މަޝްހޫރު ސޯޝަލް މީޑިއާ މޮބައިލް އެޕްލިކޭޝަނެއް ކަމަށް ވާ "ޓިކްޓޮކް" ވެސް ބަލާލެވޭނެއެވެ.

އެ ސްޓްރީމިން ބަންޑަލްގައި ހިމެނޭ އެހެން އެޕް ތަކުގައި ނެޓްފްލިކްސް އަދި ޔޫޓިއުބު ފަދަ މަޝްހޫރު ސްޓްރީމިން އެޕްލިކޭޝަންތައް ހިމެނޭ ކަމަށް ދިރާގުން ވަނީ ބުނެފައެވެ. އެ ބަންޑަލްތައް މަދުވެގެން 65 ރުފިޔާ އަށް 5 ސެޕްޓެމްބަރ 2020 އިން ފެށިގެން އެކްޓިވޭޓް ކުރެވޭނެ ކަމަށް ދިރާގުން ބުނެއެވެ.

ދިރާގުން ބުނީ އެ ބަންޑަލްތައް ދިރާގު މޯބައިލް އެޕްލިކޭޝަން ނުވަތަ 343 އަށް "ކީވޯޑް" އެސްއެމްއެސް ކުރައްވައިގެން އެކްޓިވޭޓް ކޮށްލެވޭނެއެވެ.

ޓިކްޓޮކް އަކީ ދުނިޔޭގެ އެކި އުމުރު ފުރާތަކުގެ މީހުންގެ މެދުގައިވެސް ވަރަށް މަގުބޫލު އެޕެކެވެ. އެ އެޕްލިކޭޝަނަކީ ހަމައެކަނި ފަރި ހަރަކާތް ތަކާއި ތަފާތު ހުނަރު ދައްކާލާ އެޕްލިކޭޝަނެއް އެކަންޔެއް ނޫނެވެ. އެ އެޕްގައި ކޮންޓެންޓް ތައްޔާރުކުރާ ބައެއް ފަރާތްތަކަށް އެޕް މެދުވެރިކޮށް ފައިސާވެސް ހޯދެއެވެ.

ޓިކްޓޮކް އަކީ މިހާރު އެންމެ ފުޅާދާއިރާ އެއްގައި ކުރު މޮބައިލް ވިޑިއޯ ހިމެނޭ އެޕްލިކޭޝަނެވެ. ދިރާގުން އަބަދުވެސް މަސައްކަތްކުރަމުން ދަނީ ކަސްޓަމަރުންގެ ޑިޖިޓަލް ތަޖުރިބާ ފުރިހަމަކޮށް، އެންމެ ފުރިހަމަ ޑޭޓާ ބަންޑަލްސް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް ކަމަށް ދިރާގުން ވަނި ބުނެފައެވެ.