އައްޑޫ ސިޓީއަށް ފަސް އަސް ގެންގޮސް، ވިޔަފާރިއެއް ފަށަން ތައްޔާރު ވެފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

ޒުވާނުންތަކެއް އިސް ނަގައިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އެ ވިޔަވާރި އާ ގުޅިގެން މިއަދު މަޖިލިސް ޖަލްސާގައި ނަޝީދު ވިދާޅުވީ އައްޑޫއަށް ފަސް އަސް ގެންދިޔުމުގެ ހުއްދަ ދިނުމަށް ބޭނުންވާ ލިޔުންތައް އެގްރިކަލްޗާ މިނިސްޓްރީން ތައްޔާރު ކޮށްފައިވާ ކަމަށެވެ.

މި އަހާ ގުޅޭ ހުރިހާ ސެޓްފިކެޓެއް އެގްރިކަލްޗާ މިނިސްޓްެރީން މިހާރު ވަނީ ހައްދަވާފައި. އަދި އިރާދަކުރެއްވިއްޔާ މި ހިދުމަތް އައްޑޫ އިން ހުރިހާ ރައްޔިތުންނަށްވެސް އަދި ފަތުރުވެރިންނަށްވެސް ލިބޭނެ ކަމަށް އަޅުގަނޑު ދެކެން. އަސް ރެކްރިއޭޝަންއަށް ދުއްވޭނެ، ކުޅިވަރަށް ދުއްވޭނެ
މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު

ނަޝީދު ވިދާޅުވީ އެ ކުދިން އެ މަޝްރޫއާ ގުޅޭ ވަރަށް ތަފްސީލީ މައުލޫމާތު އެމަނިކުފާނާ ހިއްސާ ކޮށްފައިވާ ކަމަށެވެ. އަދި މިއީ ވަރަށް ޝައުގުވެރި ޕްރޮޖެކްޓެއްގެ ގޮތުގައި ދެކެވަޑައިގަންނަވާ ކަމަށް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ އައްޑޫގެ ރައްޔިތުންނާއި، އެ ސިޓީއަށް ޒިޔާރަތް ކުރާ މީހުންނަށް އަސް ދުއްވުމުގެ ހިދުމަތް ވަރަށް އަވަހަށް ލިބިގެން ދާނެ ކަމަށެވެ. އެ ޕްރޮޖެކްޓުގެ އިތުރު ތަފްސީލެއް ނަޝީދު ދެއްވާފައެއް ނުވެއެވެ.