ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މަޖީލަށް ހާޒިރު ކުރަން ނިންމައިފިއެވެ.
އަމީން މަޖިލީހަށް ހާޒިރުކުރަން ނިންމާފައި ވަނީ އޮޑިޓާ ޖެނެޕަލްގެ އޮފީހުން ނެރެފައިވާ، ކޮވިޑް-19 އާ ގުޅޭ ހެލްތުގެ އޮޑިޓް ރިޕޯޓްގައިި ފާހަގަ ކޮށްފައިވާ ކަންތައްތަކާ ގުޅޭގޮތުން މަޝްވަރާ ކުރެއްވުމަށް ރައްއިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއިން ބޭނުން ވެގެންނެވެ.
އެ ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައި ވަނީ މާދަމާ 11:00 ގައި ރައްއިތުންގެ މަޖިލީހުގެ އިދާރާގައެވެ. މާލިއްޔަތު ކޮމިޓީގެ ބައްދަލު ވުމަށް މައުލޫމާތު ދެއްވުމަށް އަމީންގެ އިތުރުން މިނިސްޓްރީގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންވެސް މަޖީލަށް ހާޒިރުވެވަޑައިގަންނަވާނެއެވެ.
އޭގެ ތެރޭގައި:
I. އަބޫބަކުރު އަބްދުލްކަރީމް - ޑެޕިއުޓީ މިނިސްޓަރު
2، ނިޝާމް މުހައްމަދު – ޑެޕިއުޓީ މިނިސްޓަރު
3. އައިޝަތު ސާމިޔާ - ޕާމަނަންޓް ސެކްރެޓަރީ
4 އަހުމަދު ގާސިމް - ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލް
5 ތަސްލީމާ - ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލް
6 އަލީ ޝިހާމް - ލީގަލް އޮފިސާ
7. އިސްމާއިލް ޒާހީން - ލީގަލް އޮފިސާ
8 އަހުމަދު އަސްލަމް - ޑިރެކްޓާ
9 ފާތިމަތު ލިމްޔާ - އެސިސްޓަންޓް ޑިރެކްޓާ
10 ހާޝިން އަބޫބަކުރު - އެސިސްޓަންޓް ބަޔޯމެޑިކަލް އިންޖިނިއާ
ކޮވިޑާ ގުޅޭ ހެލްތުގެ އޮޑިޓް ރިޕޯޓުގައި ފާހަގަ ކޮށްފައިވާ މައްސަލަތަކާ ގުޅިގެން މިނިސްޓަރު އަބްދުﷲ އަމީން ވަނީ މަސައްކަތުން އެކަހެރިވެވަޑައިގެންފައެވެ.
މަސައްކަތުން އެކަހެރިވެވަޑައިގަތުމަށް އެދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް މިނިސްޓަރު އަމީން ވަނީ ސިޓީއެއް ފޮނުއްވާފައެވެ. އެ ސިޓީގައި މިނިސްޓަރު އަމީން ވިދާޅުވީ، ކަމާ ގުޅޭ މުއައްސަސާތަކުން މައްސަލަ ތަހުގީގުކޮށް ގޮތެއް ނިންމަން ދެން ނުވަތަ ރައީސް ވަކި ގޮތެއް އަންގަވަންދެން ހެލްތު މިނިސްޓްރީގެ މަސައްކަތްތަކުން އެކަހެރިވެވަޑައިގަތުމަށް ގަސްދު ކުރައްވާ ކަމަށެވެ.
އަމީން އެގޮތަށް ނިންމެވި އިރު، ރައީސް ވަނީ އޭސީސީ އާއި ފުލުހަށް ހެލްތް މިނިސްޓްރީގެ އޮޑިޓް ރިޕޯޓުން ފާހަގަކުރެވުނު ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގު ކުރުމަށް އަންގަވާފައެވެ. އަދި ޓޫރިޒަމް މިނިސްޓްރީގެ އޮޑިޓް ރިޕޯޓުވެސް ތަހުގީގު ކުރުމަށް އޭސީސީއަށް ވެސް ވަނީ ރައީސް އަންގަވާފައެވެ.
މި ކަމާ ގުޅިގެން ހެލްތް މިނިސްޓްރީގެ ބައެއް މުވައްޒަފުންވެސް ވަނީ ސަސްޕެންޑްކޮށްފައެވެ.