ޕޮޒިޓިވް ކޭސްތައް އިތުރުވަމުންދާ ކަމަށާއި، ވާނެ ގޮތެއް ވާން ދޫނުކޮށްލުމަށް ތ. ގުރައިދޫ ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ނާއިބު ރައީސް ޣައްސާން މައުމޫން ގޮވާލައްވައިފިއެވެ.
ޣައްސާނު ވިދާޅުވީ ސިއްހީ މާހިރުންގެ ލަފާ ގަބޫލު ކުރައްވާ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެފައިވީ ނަމަވެސް ދުވަހުން ދުވަހަށް ޕޮޒިޓިވް ވާ ކޭސް ގެ އަދަދު މަތިވަމުން ދާއިރު މިވަގުތު މިއޮތް ފިޔަވަޅު ތަކަކީ ސިއްހީ މާހިރުންގެ ލަފާތޯ ރައްޔިތުން ވިސްނަން ޖެހޭ ކަމަށް ގައްސާނު ވަނީ ވިދާޅުވެފައެވެ.
އޭގެ އިތުރުން ވާނެ ގޮތެއް ވާން ދޫކޮށް ނުލުމަށް ޣައްސާނު ވަނީ ރައްޔިތުންނަށް ގޮވާލައްވާފައެވެ.
ޣައްސާނު މިހެން ވިދާޅުވީ މިދިޔަ ހަތަރު ދުވަހު ޕޮޒިޓިވް ވެފައިވާ ކޭސްތައް ގިނަ ކަން ފާހަގަ ކުރެއްވުމަށް ސްކްރީންޝޮޓްތަކެއް ވެސް ހިއްސާ ކުރައްވަމުންނެވެ.
ރާއްޖޭގައި ހަލުވި ކަމާއެކު ކޮވިޑް ފެތުރެމުން ދާއިރު ގިނަ ބަޔަކު އަންނަނީ އެކަމާ ގުޅިގެން ސަރުކާރާއި އެޗްޕީއޭގެ އިހުމާލު އޮތްކަން ފާހަގަ ކުރަމުންނެވެ.
އިއްޔެ އެކަނިވެސް ރާއްޖެއިން 194 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައި ވާއިރު އިއްޔެ ޕޮޒިޓިވް ވި މީހުންގެ ތެރޭގައި ހިމެނެނީ، 167 ދިވެހިންނާއި، ބަންގްލަދޭޝަށް ނިސްބަތްވާ 16 މީހަކާއި އިންޑިއާގެ 7 މީހަކާއި ލަންކާ މީހަކާއި ނޭޕާލް މީހަކާއި ތައިލެންޑް މީހެއްގެ އިތުރުން އިޓަލީ މީހެކެވެ.
މިއާއެކު ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު މިވަނީ 6564 އަށް އަރާފައެވެ. އަދި ރަނގަޅުވި މީހުންގެ އަދަދު 4012 އަށް ވަނީ އަރާފައެވެ. މިހާތަނަށް އައި އިރު ރާއްޖެއިން މި ބަލި ޖެހިގެން 25 މީހަކު ވަނީ މަރުވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ 20 ދިވެހިންނާއި 5 ބިދޭސީންނެވެ.
ކޮވިޑު ތެރޭ މުޒާހަރާ އަށް މީހުން އެއްކޮށްފަ... ކަލޭ އަނގަ ފުޅާކޮށްފަ ތިހެން ބުނީމަ އަންނަނީ ހިނި
ކޭސްތަކުގެ އަދަދު މަތިވީވަރަކަށް ލިބޭ އެހީ ގިނަވޭ. ދެން ގިނަވަނީ ވައްކަން. ވީމާ ކޭސްތަކުގެ އަދަދު މަތިކުރުން ސަރުކާރަށް ވަރަށް މުހިންމު.