މިހާރު މިއޮތް ގޮތަށް ވުރެ ކުރީގެ ރައީސް އަބްދުﷲ ޔާމީންވެސް މާ ރަނގަޅުވާނެ ކަމަށް ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.
މާރުކޭޓް ސަރަހައްދަށް ވަޑައިގެން ރައްޔިތުންނާ މުހާތަބު ކުރައްވާ ޖާބިރު ވިދާޅުވީ ރާއީސް އިބްރާހިމް މުހައްމަދު ސޯލިހް ވަގުތުން އިސްތިއުފާ ދެއްވަން ޖެހޭިވަޑައިގަންނަވާ ކަމަށާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ، ޖަލައްލާފައިވާ ކުރީގެ ރައީސް ޔާމީން މިނިވަން ކުރަން ގޮވާލައްވާ ކަމަށެވެ.
އަދި ރައީސް ސޯލިހްގެ ކެބިނެޓްގެ އެންމެން އިސްތިއުފާ ދެއްވުމަށްވެސް ޖާބިރު ވަނީ ގޮވާލައްވާފައެވެ. އަދި މަޖިލީހުގެ މެންބަރުންނަށް ރާއްޖޭގެ ހާލަތު އެންގިވަޑައިގަންނަވަން ވާނެ ކަމަށްވެސް ވިދާޅުވިއެވެ. މި ސަރުކާރު (ރައީސް ސޯލިހުގެ ސަރުކާރު) ފެއިލްވެފައިވާ ކަމަށާއި ބުރަ މަސައްކަތުން ގެނައި މި ސަރުކާރުން މަސްވެރިންނާ މެދު އިހުމާލު ވެފައި ވާ ކަމަށެވެ.
މީގެ އިތުރުން ދަނޑުވެރިންނަށާއި ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނަށް ކަންތައް ކޮށްފައި ވާނީ ވަރަށް "އަގަލުކުޑަ" ގޮތަކަށް ކަމަށް ވިދާޅުވެ ޖާބިރު ވަނީ ރައީސް ސޯލިހުގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.
ޖާބިރު އިތުރަށް ވިދާޅުވީ، މަޖިލީހުގެ މެޖޯރިޓީ ބޭނުންވާ ކަމަށް މި ސަރުކާރުން ބުނުމުން އެކަންވެސް ރައްޔިތުން ކޮށްދިން ކަމަށާއި، ޖުމްލަ 65 ގޮނޑި ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީއަށް ދީފައިވާ ކަމަށާއި ނަމަވެސް އެކަމުގައިވެސް މި ސަރުކާރުން ވަނީ ފެއިލްވެފައި ކަމަށް ޖާބިރު ވިދާޅުވިއެވެ.
އެކަމަށް ހައްލެއް ގެނެވެން އޮތް ހަމައެކަނި ގޮތަކީ ޑީއާރްޕީގެ ވެރިކަމެއްގައި ޖާބިރު ވެރިކަން ކުރެއްވުން ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ދެން އަންނަ ރިޔާސީ އިންތިހާބަކަށް ޖާބިރު ހޮވުމަށްވެސް ވަނީ ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައެވެ. ޖާބިރު ރައީސް ކަމަށް ހޮވައިފި ނަމަ އެއްވެސް މީހަކަށް އިހުމާލުވެ ވަޑައިނުގަންނަވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އަދި ޑީއާރްޕީގެ ވެރިކަމެއްގައި ޑޮލަރެއްގެ އަގު 7 ރުފިޔާއަށް ހައްދަވައި ދެއްވާނެ ކަމަށާއި ޗައިނާ ސަރުކާރާއެކު ހަދާފައިވާ އެގްރީމަންޓަށް އަމަލުކުރަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ޖާބިރު ވިދާޅުވީ ރާއްޖޭގައި އެންމެ ބުރަ މަސައްކަތެއް ކުރަމުން ދާ ބަޔަކީ މަސްވެރިން ކަމަށާއި އެމީހުންނާ ދޭތެރޭ އަމަލު ކުރަމުން ދާގޮތް ބައްލަވާލައްވާފައި ވާނެ ކަމަށެވެ.
ޢޯ ހޭލް ނޯ