މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ހާއްސަ ކުރެވޭ ބޯހިޔާވަހިކަމުގެ މަޝްރޫއު ޕްލޭންއާ ގުޅޭ ގޮތުން ކުރި ސުވާލަށް ޕްލޭނިން އެންޑް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ދެއްވި ޖަވާބާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ނުރުހުން ފާޅުކުރައްވައިފިއެވެ.
މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ (އިންތި) ވަނީ ސުވާލުކުރުމަށް ހުޅުވާލި އިތުރު ގަޑީގައި ގުޅިފަޅުން ހިއްކާ ބިމުގެ ސަރަހައްދުގެ ޕްލޭންއާ ގުޅޭ ގޮތުން ސުވާލު ކުރައްވާފައެވެ.
އެސުވާލަށް އަސްލަމް ދެއްވި ޖަވާބަކީ މީގެ ކުރިން ވެސް މަޖިލީހަށް ހާޒިރުވެވަޑައިގެން ދައްކަވާފައިވާ ވާހަކަތަކެވެ. އެގޮތުން އަސްލަމް ވިދާޅުވީ ގުޅިފަޅުގެ ޕްލޭން އެކުލެވިފައިވާ ކަމަށާއި އެ ކަމާ ގުޅޭ ގޮތުން ސިޓީ ކައުންސިލާއި މަޖިލީހުގައި ތިއްބަވާ މާލެ ދާއިރާތަކުގެ މެންބަރުންނާ އެކު ބައްދަލުވުމެއް ބާއްވަން މަސައްކަތް ކުރެވެމުންދާ ކަމަށެވެ.
ރައީސް ނަޝީދު އެވާހަކަތައް މެދުކަނޑާލެއްވުމަށް ފަހު ވަނީ މެންބަރުގެ ސުވާލަށް ސާފު ޖަވާބެއް ދެއްވުމަށް އެދިވަޑައިގެންފައެވެ. އަދި ގުޅިފަޅުން މާލެ ރައްޔިތުންނަށް ގެދޮރު ލިބޭނެތޯ ކުރާ ސުވާލަކީ ރާއްޖޭގެ ގިނަ ރައްޔިތުންތަކެއް ބޭނުންވާ ޖަވާބެއް ކަން ނަޝީދު ވަނީ ފާހަގަ ކުރައްވާފައެވެ.
ނަޝީދު އެހެން ވިދާޅުވުމަށް ފަހު މިނިސްޓަރަށް ދެއްވި ފުރުސަތުގައި ވެސް މިނިސްޓަރު ދެއްވީ މީގެ ކުރިން ދެއްވާފައިވާ ޖަވާބެކެވެ. އެއީ ގުޅިފަޅުގައި 1200 ގޯތި މާލެ ރައްޔިތުންނަށް ހާއްސަ ކުރުމަށް ޕްލޭން ކުރެވިފައިވާ ކަމަށެވެ.
އެކަމާ ގުޅިގެން ނަޝީދު ވިދާޅުވީ ގާނޫނުތަކާއި ގަވާއިދުތަކުން ވަރަށް ސާފުކޮށް ލޭންޑް ޔޫސް ޕްލޭން އަކީ ކޮބައި ކަން ގެޒެޓުގައި ފެންނަން އޮންނާނެ ކަމަށެވެ. އަދި ލޭންޑް ޔޫސް ޕްލޭން އާންމު ކުރާ ގޮތް ވަރަށް ސާފުކޮށް ފެންނަން އޮންނާނެ ކަމަށެވެ. ނަޝީދު ވިދާޅުވީ އާންމުކޮށް ފެންނަ ގޮތަށް ގެޒެޓްގައި ލޭންޑް ޔޫސް ޕްލޭން ނެތް ނަމަ އެއީ ޑްރާފްޓެއް ކަމަށެވެ.
މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް (މަވޯޓާ) ވަނީ މިނިސްޓަރުގެ ޖަވާބު ފުރިހަމަ ނުކުރެވެނީސް މިނިސްޓަރުގެ ވާހަކަ މެދުކަނޑައިލައްވާތީ ނިޒާމީ ނުކުތާއެއް ނަންގަވާފައެވެ. ޝަރީފުގެ ވާހަކަ ނަޝީދު ހުއްޓުވަން އުޅުއްވި ނަމަވެސް ޝަރީފް ތަޅުމުގައި އަޑުގަދަ ކުރެއްވުމާ ގުޅިގެން މަޖިލިސް ހިންގަމުން ގެންދަވާ ގޮތާ މެދު ރައީސް ނަޝީދު ވަނީ ނުރުހުން ފާޅުކުރައްވާފައެވެ. އަދި ގުޅިފަޅުގެ ލޭންޑް ޔޫސް ޕްލޭނަކީ ފައިނަލް ޕްލޭންތޯ ނުވަތަ ޑްރާފްޓްއެއްތޯ ޝަރީފްއަށް ވެސް އޮޅިވަޑައިގަތީ ކަމަށް ނަޝީދު ވިދާޅުވިއެވެ.
މިނިސްޓަރަށް ލިބިވަޑައިގެންނެވި ފުރުސަތުގައި ވިދާޅުވީ އެއީ ޑްރާފްޓް ޕްލޭންއެއް ކަމަށާއި އެކަމާ ގުޅޭ ގޮތުން ސިޓީ ކައުންސިލާއި މާލެ ރައްޔިތުންގެ ހިޔާލުތައް ހޯދަން ޖެހޭނެ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ 1200 އަށް ވުރެ ގޯތި މަދު ނުކުރާނެ ކަމަށާއި ބަދަލެއް އަންނަ ނަމަ ވާނީ އިތުރު ކަމަށް ވިދާޅުވެފައެވެ.
އަސްލަމް މަޖިލީހުގެ ޖަލްސާއަށް ހާޒިރުވެ ވަޑައިގެންނެވީ ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު، ފުވައްމުލަކުގެ ގިރާ ސަރަހައްދު ހިމާޔަތް ކުރުމުގެ މަޝްރޫއު ލަސްވެގެން ދާތީ އެކަމާ ގުޅޭ ގޮތުން ކުރައްވާ ސުވާލުތަކަށް ޖަވާބު ދެއްވުމަށެވެ.
އަސްލަމަކައް މިނިސްޓުރީގެ މަސަކަތެށް ނުކުރެވޭ ހަމަފޮނިކަޑަނީ މަޖުލީހައް ދުވާލަކުދެދަޅައަށް ގެންދިޔަސް ކިޔާނީހަމަ އެކަށްޗެއް. މަސަކަޔް ނުކުރެވޭކަން އެހެރީ ފެއްނަން ޢާޒީބިލްޑިންގުން އަހަރުވަނީއަސިވަކިވަރަކައްއަޅާފަހުއްނަތާ ހޮޅިނެތިގެން ބަޖެޓުނެތިޔޯ ކިހާސަޅި ރާފާނުގިރާސަރަހައްދުވެސް ހިމާޔައްކުރާސޭ ކިޔާފާގޮސް ވެލިތަކެއްއަޅާފައައީ އަސްލަމުކާރިއަހާބަލައެވެލި މިހާހުކޮބާތޯ އެވަރުބުރާންތީތިއުޅެނީ ވަރައްސާފު ނުވާނެއެއްވެސްކަމެއް ތީނަޔަކައް އޭނަޔައްހެދޭނީ ރަސުގަޕާކު ބަޖެޓުއޮވޭ¿¿¿¿¿¿¿¿¿¿؟¿؟¿؟..