ރާއްޖޭގެ ސިއްހީ ނިޒާމުގައި ހުރި ބޮޑެތި މައްސަލަަތައް ރަނގަޅުނުވެ ދުވަހެއް ދުވަހަކަށް ދަނީ ފަހަަތަށް ކަމަށާއި ސިއްހީ ނިޒާމް ދަނީ ވަޅު ޖެހެމުން ކަމަށް ޑރ. އިސްހާގް ޝަފީގް ވިދާޅުވެއްޖެއެވެ.
މިއަދު އިޖްތިމާއީ ކޮމިޓީގައި ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ސިއްހީ ދާއިރާގައި މަސައްކަތް ކުރައްވާ ޑރ. އިސްހާގް ޝަފީގް ވިދާޅުވީ، ރާއްޖޭގެ ސިއްހީ ދާއިރާގައި ކަންބޮޑުވާ ބޮޑެތި މައްސަލަތަކެއް އެބަހުރި ކަމަށެވެ. އާ ސަރުކާރު އައުމުން ހުރި ބޮޑެތި މައްސަލަތައް ހައްލު ކުރެވޭނެ ކަމަށް ވަރަށް ބޮޑަށް އުއްމީދު ކުރެއްވި ކަމަށާއި ނަމަވެސް ފެނިގެން ގޮސްފައިވަނީ އެއްދުވަހުން އަނެއް ދުވަހަށް ފަހަތަށް ދާ ތަން ކަމަށް ޑރ. އިސްހާގް ވިދާޅުވިއެވެ.
ކޮވިޑް-19 އާ ގުޅިގެން ކަންކަން ހިންގާފައިވާ ގޮތް ދެނެގަތުމަށް ރައްޔިތުން މަޖިލީހުގެ އިޖްތިމާއީ ކޮމިޓީން ޑޮކްޓަރުންނާއި މިއަދު ވަނީ ބައްދަލު ކޮށްފައެވެ. މިއަދު ކުރިއަށް ގެންދިޔަ ބައްދަލުވުމުގައި ޑޮކްޓަރުންނާ ބައްދަލުކޮށްފައި ވަނީ ކޮވިޑް-19އާ ގުޅިގެން މިނިސްޓްރީ އޮފް ހެލްތުން އާންމު ސިއްހަތުގެ ކަންތައްތައް ހިންގަމުން ގެންގޮސްފައިވާ ގޮތާއި، ކުރިއަށް އޮތް ދުވަސްތަކުގައި ކަންކަން ކުރިއަށް ގެންދިއުމަށް ރާވާފައިވާ ގޮތް ދެނެގަނެ އެކަންކަން ދިރާސާކުރުމަށެވެ.
ޑޮކްޓަރުން ކޮމިޓީއަށް ހުށަހެޅި މައްސަލަތަކުގެ ތެރޭގައި ފާހަގަ ކޮށްފައި ވާ ކަންކަމުގެ ތެރެއިން ހެލްތް މިނިސްޓްރީގެ ލީޑާޝިޕްގައި ވަރަށް އިސް ދައުރެއް އަދާކުރަންޖެހޭ ގިނަ މަގާމްތަކެއް ހުސްކޮށް އޮތުން ފާހަަގަކޮށްފައި ވެއެވެ. އެގޮތުން ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ޑިރެކްޓާ ޖެނެރަލްގެ މަގާމާއި ހެލްތް މިނިސްޓްރީގެ ޑިރެކްޓާ ޖެނެރަލް އޮފް ހެލްތް ސާވިސަސްގެ މަގާމާއި ނެޝަނަލް ބްލަޑް ސާވިސްގެ ޑިރެކްޓާ ޖެނެރަލްގެ މަގާމް ހިމެނެއެވެ. އަދި ކޮމިޝަނާ އޮފް ކޮލިޓީ އެޝުއަރަންސް މަގާމް އުފައްދާ ފައި ނުވާކަމާއި ހިމަޓޮލޮޖިސްޓެއްގެ މަގާމުގައި ވެސް މީހަކު ނެތުން ހިމެނެއެވެ.
ހަމައެއާއެކު މިނިސްޓްރީގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ހަދާފައިވާ ޕޮލިސީތަކާއި ގައިޑްލައިން ފޮލޯނުކުރާ ކަމާއި އެގްޒެކެޓިވް ލެވެލްގެ ބައްދަލުވުންތައް ނުބޭއްވޭ ކަމާއި ސިޔާސީ ބޭފުޅުންނާ މިނިސްޓަރު މަހަކު އެއް ފަހަރު ވެސް ބައްދަލު ނުކުރައްވާކަން ޑޮކްޓަރުން ފާހަގަ ކުރެއްވިއެވެ. މިނިސްޓްރީއަށް ތަކެތި ހޯދުމުގައި ޓްރާންސްޕޭރަންސީ އެއްގޮތަކަށް ވެސް ނެތް ކަމަށާއި ޓެންޑާ ކުރުމާއި އިއުލާން ކުރުން ފަދަ ކަންކަން ކުރާ ތަން ނުފެންނަ ކަމަށް ޑޮކްޓަރުން ވިދާޅުވިއެވެ. އަދި ބައެއް ޑިޕާޓްމަންޓްތަކުގައި މުވައްޒަފުން ބޭނުން ކުރާ ގޮނޑި މޭޒު ނެތިފައި ހުރި އިރު މިނިސްޓްރީގެ ބައެއް ތަންތަނުގައި ގަނޑުވަރު ހަދަމުން ދާތަން ފެންނަ ކަމަށް ވެސް ޑޮކްޓަރުން ވިދާޅުވިއެވެ.
ބަލިތަކަށް ފަރުވާ ކުރުމުގައި ޕްރެކްޓިސް ކުރާނެ ނެޝަނަލް ގައިޑްލައިނަށް މިހާރު އެއްވެސް ވަރަކަށް ފޮލޯ ނުކުރާ ކަމަށާއި ބިދޭސީން ރެކްރޫޓް ކުރުމުގައި ވަކި އުސޫލުތަކެއް ނެތުމާއި ހޮސްޕިޓަލްތަކަށް ދިވެހިން ވަޒީފާއަށް ނުނަގާ، ބޭރުމީހުންނަށް އެ ވަޒީފާ ދީފައި އެބަހުރިކަމަށްވެސް ޑޮކްޓަރުން ފާހަގަ ކުރެއްވިއެވެ.
ކޮވިޑާ ގުޅިގެން ގިނަ އަދަދެއްގެ މީހުން ކޮވިޑަށް ޓެސްޓު ކުރަން ގުޅުމުންވެސް ނުދާ މައްސަލަތަކާއި ކޮވިޑާ ގުޅިގެން ފަރުވާ ދިނުމުގައިވެސް ހެލްތް އިން މައްސަލަތަކެއް އުޅޭ ކަމުގެ އެތައް ޝަކުވާތަކެއް ހުރި ކަމަށް ޑޮކްޓަރުން ފާހަގަ ކުރެއްވިއެވެ. އަދި ކޮވިޑްގެ މަރުވާ މީހުންނަށް ސަމާލުކަން ދެމުން ދިޔަ ނަމަވެސް އެހެނިހެން ބަލިތަކުގައި މަރުވާ މީހުންނަށް ސަމާލުކަން ނުދެވޭ ކަންވެސް ޑޮކްޓަރުން ފާހަގަ ކުރެއްވިއެވެ.
އަޖީއެމްއެޗުން ޑޮކްޓަރަށް އެޕޮއިންޓްމަންޓް ހައްދައިގެން ވެއިޓިން ލިސްޓްގައި އަހަރެއް ވާ އިރުވެސް މަޑުކުރަން ޖެހުމަކީ ރައްޔިތު މީހާއަށް އިންސާފު ވެރިކަމެއް ނޫންކަމަށާއި އެފަދަ ކޭސްތަކުގެ ޝަކުވާތައް ވެސް ލިބޭ ކަމަށް ޑޮކްޓަރުން ފާހަގަ ކުރެއްވިއެވެ.
މިނިސްޓްރީ ވަނީ ފެއިލްވެފަ. މިހާރު ލެބްތަކުންހަދާ ޓެސްޓްތަށްވެސް ރަގަޅަށްތޯ މިނިސްޓްރީއިން ބަލަނީކީނޫން އެގޮތުން ކުޅުދުއްފުށީގައިވެސް އެސްޓީއޯއިން ބަހަށްޓާފައިވާ މެސިން ކޮންޓްރޯލް ރަގަޅުނުވާތާ އެތަކެއްދުވަސް ވެއްޖެ. މިނިސްޓްރީއިންވެސް މިކަހަލަކަންތަށް ބެލުމެއްނެތް. ހަމަރިޕޯޓް ރަގަޅުނުވާނެކަންއެގޭއިރުވެސް އެދެނީ... ދެންބުނާނެ ޑރ ނުބައި ބޭސްދެނީޔޭ.... މީހާލަތަކީ. ސިއްހީނިޒާމް ރަގަޅުކުރަންޖެހޭ... މިކަހަލަކަންތަކީ މީހުންގެ ފުރާނައައް އަސަރުކުރާނެ ކަންތަށް
ތިބުނަނީ ހިމަޓޮލަޖީ ހަދަން ސިސްމެކްސް ބޭރުކޮއްފަ ވެއްދި އެސްޓީއޯގެ ހޮރިބާމެސިންވާހަކަ. ހުރިހާހޮރިބާ މެސިނުގަ މައްސަލަ އުޅޭވާހަކަ ހުރިހާލެބަކުން މިނިސްޓްރީގަ ބުނެފައިވަނީ އަޅާނުލާ. މިތާވެސަ ހަމައެހާލު