ލުބްނާނުގެ ވެރިރަށް ބެއިރޫތުގައި ބާރުގަދަ ގޮވުންތަކެއް ގޮވާ، އެތައް ސަތޭކަ ބަޔަކު ޒަހަމްވެފައި ވާކަމަށް އެގައުމުގެ ސިއްހަތާ ބެހޭ ވަޒީރު ހާމަ ކުރައްވައިފިއެވެ.

ބާރުގަދަ ގޮތުންތަކާއެކު ބެއިރޫތުގެ އެކި ސަރަހައްދުތަކަށް ވަރުގަދަ ލޮޅުންތަކެއް އަރާފައިވާއިރު، މުޅި ސަރަހައްދުގެ ފަޒާގައި ވަނީ ދުން ބޯވެފައެވެ.

ހާދިސާއާއި ގުޅިގެން ލިބެމުންދާ ރިޕޯޓްތައް ބުނާ ގޮތުގައި ގޮވުން ގޮވާފައިވަނީ ގިނަ އަދަދެއްގެ ގުންތަކެއް ހުންނަ، ބަނދަރު ސަރަހައްދުގައެވެ.

ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދިވެސް ސާފެއް ނުވެއެވެ.

ސިއްހަތާ ބެހޭ ވަޒީރު ހައްމާދު ހަސަން ވިދާޅުވީ، މި ހާދިސާގައި އެތައް ސަތޭކަ ބަޔަކު ޒަހަމްވެފައިވާކަމަށެވެ.

https://www.instagram.com/p/CDeQtmNpJEU/?utm_source=ig_web_copy_link

ގޮވުމާއެކު އުފެދުނު ބާރުގައި ވަށައިގެންވާ ބޮޑު ސަރަހައްދެއްގައި ހުރި ގިނަ އަދަދެއްގެ އިމާރާތްތަކަށްވެސް ވަނީ ގެއްލުން ލިބިފައެވެ. ހާދިސާ ހިނގި ސަރަހައްދާ އެތައް ކިލޯމީޓަރެއް ދުރުގައި ހުރި އިމާރާތްތަކުގެ ކުޑަދޮރުތަކުގެ ބިއްލޫރިތައްވެސް ތަޅައިގެން ދިޔަ ކަމަށް ޚަބަރު ލިބެއެވެ. އަދި ބައެއް އިމާރާތްތައް ވެއްޓިފައިވާކަމަށްވެސް ޚަބަރު ލިބެއެވެ.

ލުބްނާނުގައި މިއަދު ގޮވި ގޮވުންތަކާއެކު އަނިޔާވި މީހެއް/ފޮޓޯ: އަންވަރު އަމްރު

ފުރަތަމަ ގޮވި ގޮވުމުގައި އިވުނު އަޑަކީ ކަންފަތް ބީރުވެގެންދާ ފަދަ ގަދަ އަޑުފައްގަނޑެއް ކަމަށް މަންޒަރު ދުށް މީހަކު ވަނީ ބައިނަލްއަގުވާމީ މީޑިއާއަށް ކިޔަދީއީފައެވެ.

ވެރިރަށް ބެއިރޫތުގައި ބާރުގަދަ ގޮވުންތަކެއް ގޮވާފައި މިވަނީ ލުބްނާނުގެ ކުރީގެ ބޮޑުވަޒީރު ރަފީގު ހަރީރީ އަވަހާރަކޮށްލި ހާދިސާގައި ހުކުމް އިއްވުމަށް ވަގުތު ކުޑަތަންވެފައިވަނިކޮށެވެ. މިމައްސަލާގައި ދައުވާ ލިބޭ 4 މީހުންނަކީވެސް އީރާނުގެ އެއްބާރުލުމާއެކު ހަރަކާތްތެރިވާ ހިޒްބުއްލީ ޖަމާއަތުގެ މެމްބަރުން ކަމަށް ޚަބަރު ލިބެއެވެ. އެ ޖަމާއަތުން ދަނީ ހަރީރީ އަވަހާރަކޮށްލުމުގައި އެއްވެސް އަތެއް ނުވާނެ ކަމަށް ބުނަމުންނެވެ. މިމައްސަލާގައި ދައުވާކޮށް ހުކުމް ކުރަނީ ދައުވާ ލިބޭ ފަރާތްތަކުގެ ޣައިރު ހާޒިރުގައެވެ.

ދެވަނަ ގޮވުމެއް ގޮވާފައިވަނީ، ބެއިރޫތިގައި ހުންނަ ހަރީރީގެ ގެކޮޅުގައި ކަމަށް ބީބީސީން ވަނީ ރިޕޯޓްކޮށްފައެވެ.