ކޮވިޑާ ގުޅިގެން ރ. އުނގޫރު މޮނީޓަރިންގެ ހާލަތަށް ގެންގޮސްފިއެވެ.

މިކަން ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ވަނީ 'ދަ ޕްރެސް' އަށް ކަށަވަރު ކޮށްދީފައެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން އުނގޫފާރު ކައުންސިލްގެ ރައީސް އަބްދުލް ނާސިރު އަލީ ވިދާޅުވީ ރަށް މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވަނީ އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް (ޔުއާރްއެޗް)ގައި ފަރުވާ ދިނުމަށް ފަހު އިތުރު ފަރުވާއަށް މާލެ ފޮނުވާލި ބަލި މީީހާ ކޮވިޑް-19 އަށް ޕޮޒިޓިވް ވުމާ ގުޅިގެން ކަމަށެވެ.

މައުލުމާތު ލިބިފައިވާ ގޮތުގައި އެމީހާ އަކީ ޅ.އޮޅުވެލިފުށި މީހެކެވެ. އަދި އެމީހާ މާލެ ފޮނުވާލާފައިވަނީ އިއްޔެއެވެ. އަދި ޔުއާރްއެޗްއިން އޭނާ މާލެ ފޮނުވާލުމުގެ ކުރިން ކޮވިޑް-19 އަށް ޓެސްޓުކޮށްފައިވާ ކަމަށާއި ނަމަވެސް ނަތީޖާ ނެގަޓިވް ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. އިއްޔެ އައިޖީއެމްޗް އިން އެމީހާ ދެވަނަ ފަހަރަށް ޓެސްޓުކުރި އިރު ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށް މައުލޫމާތު ވަނީ ލިބިފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޕޮޒިޓިވްވި މީހާ އާ ގުޅިގެން އެމީހާއާ ކޮންޓެކްޓްވި ޔޫއާރްއެޗްގެ ބައެއް ޑޮކްޓަރުން އަދި ނަރުހުން މިހާރު ވަނީ ހޯމް ކަރަންޓީނަށް ލާފައެވެ.

އެރަށުގައި މިވަގުތު ތިބި އެއްވެސް މީހަކު ހެލްތު ޕްރޮޓެކްޝަން އެޖެންސީން ވަކިގޮތެއް އަންގަންދެން ރަށުން ފޭބުމާއި، އެއެޖެންސީގެ ހުއްދަނެތި އެއްވެސް މީހަކު ރަށަށް އެރުން މަނާކޮށްފައެެވެ.