ގއ. ދާންދޫގައި މާރާމާރިއެއް ހިންގާ މީހަކަށް ހަމަލާދީ ޒަހަމް ކޮށްލައިފިއެވެ.
ފުލުހުން ބުނީ ދާންދޫގައި ރޭގެ ވަގުތެއްގައި މާރާމާރިއެއް ހިންގައި މީހެއްގެ ބުމަ މަތި ފަޅާލާފައިވާ ކަމަށެވެ.
އެނގިފައިވާ ގޮތުގައި އެމީހާއަށް ހަމަލާދީފައި ވަނީ އެރަށު އަންހެން ކުއްޖަކަށް ޖިންސީ ފުރައްސާރަ ކުރި ކަމަށް ބުނާ މައްސަލައަކާ ގުޅިގެންނެވެ.
ފުލުހުން ބުނިގޮތުގައި އެމީހާ އަށް ހަމަލާ ދީފައި ވަނީ ތޫނު އެއްޗަކުން ނޫން ކަމަށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އަނިޔާވި މީހާއަށް ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު މިހާރު ވަނީ ދޫކޮށްލައިފައެވެ.
ފުލުހުން ބުނީ އެ މައްސަލައިގައި އެއްވެސް މީހަކު އަދި މިހާތަނަށް ހައްޔަރުކޮށްފައި ނުވާ ކަމަށެވެ.