ރާއްޖޭގެ ބޯޑަރު ބަންދުކޮށް ލޮކްޑައުން ކުރުމަކީ މިވަގުތު ގެންގުޅޭ ވިސްނުމެއް ނޫން ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.
ރޭ ރާއްޖެ ޓީވީގެ "ފަލަ ސުރުހީ" ޕްރަގްރާމްގަައި ވާހަކަ ދައްކަވަމުން އަމީން ވިދާޅުވީ ރާއްޖޭގައި ބަލި ކޮންޓްރޯލު ކުރުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުން ވަރަށް މުހިންމު ކަމަށެވެ.
އެގޮތުން މިވަގުތު އެންމެ މުހިންމީ ލޮކްޑައުން ކުރުން ނޫން ކަމަށާއި ބޯޑަރު ހުޅުވާލީވެސް އިތުރު ލޮކްޑައުންއަކަށް ދާން ބޭނުންނުވާތީ ކަމަށް އަމީން ވަނީ ވިދާޅުވެފައެވެ.
މިނިސްޓަރު ވަނީ ބަލީގެ ނުރައްކާ އަދިވެސް ފިލައިގެން ނުދާ ކަން ފާހަގަ ކުރައްވާފައެވެ. އަދި ބަލި އިތުރުވެގެން ދާނަމަ ސިއްހީ ފަރުވާދޭ ތަންތަނަށް ނުކަތާ ވަރަށް ކޭސްތައް ފެނުން އެކަށީގެންވާ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.
ކޮވިޑް-19އިން ރައްކާތެރި ވުމުގެ ފިޔަވަޅެއްގެ ގޮތުން ރާއްޖޭގެ ބޯޑަރުތައް ބަންދު ކުރީ މިދިޔަ މާޗް މަހުގެ 27 ވަނަ ދުވަހުއެވެ. އޭގެ ފަހުން ޒަރޫރީ ބޭނުމަށް ނުނީ އެއްވެސް ފްލައިޓެއް ބާއްވާފައެއް ނުވެއެވެ. ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު އަލުން ބޯޑަރު ހުޅުވާލީ މިމަހު 15 ވަނަ ދުވަހެވެ.
ރާއްޖެއިން މިއަދު ކޮވިޑަށް 61 މީހަކު ޕޮޒޓިވް ވެފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ 44 ދިވެހިންނާއި ބަންގްލަދޭޝްގެ 15 މީހަކާއި އިންޑިއާގެ 2 މީހުންނެވެ.
ބޭފުޅާ ބޭނުންވިޔަސް ބޯޑަރ ބަންދެއް ނުކުރެވޭނެ. ފޮނި ނުކަނޑާ